ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

5 އޭޕްރީލު 2020 16:10

ނަންބަރު

31

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 31 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން މި ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. މި މައްސަލާއާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ކޮމިޓީގެ މެންބަރުން ހިޔާލުތައް ހުށަހެޅުއްވިއެވެ. އެގޮތުން ވެލިދޫ ދާ އިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހަޅުއްވައި ވިލިމާލެ ދާއިރާގެ މެންބަރު އަޚްމަދު އުޝާމް ތާއިދު ކުރެއްވި ހުށަހެޅުމުގައިވަނީ، މިނިވަން މުއައްސަސާތަކަށް ސިޓީ ފޮނުވައިގެން މަޢުލޫމާތު ސާފު ކުރުމަށް، ކޮވިޑް 19 ގެ ހާލަތުގައި އެ މުއައްސަސާތަކުން އަމަލު ކުރާނެ އެސް އޯ ޕީ އެއް (އުސޫލު) އެކުލަވާލެވިފައިވާނަމަ މި ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA