ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

16 އޭޕްރީލު 2020 16:10

ނަންބަރު

32

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 32 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކޮމިޓީން މަޝްވަރާ ކުރެވުނީ ސިވިލްސަރވަންޓުން އަދި ކުންފުނިތަކުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ސަސްޕެންޝަންގެ މައްސަލަ އާ ގުޅޭގޮތުންނެވެ. އެގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މިމައްސަލައަށް މަޝްވަރާ ކުރެއްވުމަށްފަހު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ޝަފީޤް ހުށަހަޅުއްވައި ކެޔޮދު ދާއިރާގެ މެންބަރު ހުސައިން ޤާސިމް ތާއިދު ކުރެއްވި ހުށަހެޅުމުގައި ވަނީ ، ރައްޔިތުންގެ މަޖިލީހަށް މިވަގުތު މިމައްސަލައަށް ހައްލެއް ލިބެން އޮތް ބިލެއް ހުށަހެޅިފައިއޮތުމުން އެބިލު ވީހާވެސް އަވަހަށް ފާސްކޮށްދިނުމަކީ މިކަމަށް ހައްލެއް ލިބިގެންދާނެ ކަމެއްކަމަށް، އެހެންކަމުން މިބިލު އަވަސްކޮށްދެއްވުން އެދި މަޖިލީހުގެ ރައީސަށް ދެންނެވުމަށް. މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި އެވަގުތު ހާޟިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބީއްޔަތުން މިހުށަހެޅުން ފާސްވިއެވެ. އެއަށްފަހު ކޮމިޓީން ކުރިއަށް ގެންދެވީ ކޮވިޑް19 އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA