ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

27 އޭޕްރީލު 2020 12:30

ނަންބަރު

33

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރު ގެ 33 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ބިލް 2020 ދިރާސާ ކުރެއްވުމެވެ. ފުރަތަމަކަމަކަށް ކޮމިޓީގައި މަޝްވަރާ ކުރެވުނީ މި ބިލުގެ ސުންގަޑިއާ ގުޅޭގޮތުންނެވެ. އެގޮތުން ވިލިމާލެ ދާއިރާގެ މެންބަރު ހުށަހެޅުއްވީ 28 އޭޕްރީލް 2020 ގެ ނިޔަލަށް މިބިލު ކޮމިޓިން ދިރާސާކޮށް ނިންމެވުމަށެވެ. މިހުށަހެޅުން ކޮމިޓިގެ އިއްތިފާޤުންވަނީ ފާސްވެފައެވެ. އެއަށްފަހު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވުނީ ބިލަށް ގެންނަފެންނަ އިސްލާޚުތަކާމެދުގައެވެ. އެގޮތުން ބާރަށުދާއިރާގެ މެންބަރު އަޚްމަދު ޢަބްދުﷲ ހުށަހަޅުއްވީ ބިލުގައި ބޭނުންކޮށްފައިވާ "އިންތިޚާބު ލަސްވުން" ގެ ބަދަލުގައި "ވޯޓުލުން ލަސްވުން" މިގޮތަށް އިސްލާޚް ކުރުމަށް. މިހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. މީގެއިތުރުން، އިންގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު ހުށަހެޅުއްވީ "ބިލު ތަސްދީޤުކޮށް އަމަލުކުރަންފަށާތާ 1 އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވައި ނިންމަން ވާނެކަމަށް." ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ޝަފީޤު ތާއިދު ކުރެއްވި މިހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ. އޭގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ޤާސިމް ހުށަހެޅުއްވި ސިވިލް ސަރވިސްގެ ވަޒީފާއަދާކުރާފަރާތްތަކުގެ ތެރެއިން މި އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ސަސްޕެންޝަން 4 އޭޕްރީލް 2020 އިން ފެށިގެން އުވާލެވޭގޮތަށް އޮތުމަށް. މިހހުށަހެޅުންވެސް ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA