މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ބިލް 2020 ދިރާސާ ކުރެއވުމުގެ މަސައްކަތެވެ. މި ބިލުގެ 5 ވަނަ މާއްދާއަށް 3 ކަމެއް އިތުރު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުއްވާފައިވާތީ އެކަންތައްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވުނެވެ. އެގޮތުން ބާރަށުދާއިރާގެ މެންބަރު ހުށަހަޅުއްވައި އިންގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޚްމަދު ތާއިދު ކުރެއްވީ 5 ވަނަ މާއްދާގެ (ށ) މިހާރު ޑްރާފްޓް ކުރެވިފައިވާގޮތަށް ބިލުގައި ހިމެނުމަށް މި ހުށަހެޅުމަށް ވޯޓަށް އެއސެވުމުން ކޮމިޓީގެ އިއްތިފާގުން ފާސްވިއެވެ. މީގެ އިތުރުން ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ އިންތިޚާބު ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއެކު ބޭއްވުމާ މެދު ކޮމީޓީގައި ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. އެއަށްފަހު ކޮމިޓީން ގެނެވުނު އިސްލާޚުތަކާއެކު މުޅިބިލަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާޤުން ބިލުވަނީ ފާސްކޮށްފައެވެ.
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA