ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

21 ޖުލައި 2020 12:00

ނަންބަރު

36

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 36 ވަނަ ބައްދަލުވުން

ޚުލާސާ

މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުއްވާފައިވާ ތިރީގައި ބަޔާންކޮށްފައިވާ ލޯނާގުޅޭ މަޢުލޫމާތުތައް މެންބަރުންނާއި ޙިއްޞާކުރެއްވުމަށްފަހު، މި ލިޔެކިޔުންތަކަކީ ކޮމިޓީގެ މަޢުލޫމާތަށްޓަކައި ފޮނުއްވާފައިވާ ލިޔެކިޔުންކަމަށްވާތީވެ، ފައިލްކުރުމަށް ނިންމެވިއެވެ. • ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޕެންޑަމިކުން ރައްކާތެރިވުމުގެ ގޮތުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އެކަމަށް ތައްޔާރުކުރުމަށާއި، މި ބަލިން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ސްޓްރެޓީޖިކް ޕްރިޕެއަރޑްނަސް އެންޑް އިމަޖެންސީ އިމަޖެންސީ ރެސްޕޮންސް ޕްރޮގްރާމްގެ ދަށުން 20 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީއެއް ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އައިޑީބީއާ ދެމެދު 6 ޖުލައި 2020 ގައި ލޯނު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު މެންބަރުންނާއި ޙިއްޞާކުރުން. • ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ލޯނު އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އެފޯޑަބަލް ހައުސިންގ ސްކީމް މަޝްރޫޢަށް ބޭނުންވާ 93.75 މިލިއަން ސަޢޫދީ ރިޔާލްގެ ލޯނެއް ފޯރުކޮށްދިނުމަށްޓަކައި، ދިވެހި ސަރުކާރާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓާއި ދެމެދު 4 ޖޫން 2020 ގައި ލޯނު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު މެންބަރުންނާއި ޙިއްޞާކުރުން. • ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ލޯނު އެހީގެ ދަށުން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ފިޝަރީޒް ސެކްޓަރ ޑިވެލޮޕްމަންޓް މަޝްރޫޢަށް ބޭނުންވާ 93.75 މިލިއަން ސަޢޫދީ ރިޔާލްގެ ލޯނެއް ފޯރުކޮށްދިނުމަށްޓަކައި، ދިވެހި ސަރުކާރާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓާއި ދެމެދު 24 ޖޫން 2020 ގައި ލޯނު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު މެންބަރުންނާއި ޙިއްޞާކުރުން.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA