ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

24 އޯގަސްޓު 2020 02:35

ނަންބަރު

49

ޖުޑީޝިއަރީ ކޮމިޓީގެ 49 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދަފްތަރު ނަންބަރު ރސ 2302، އާއި ޑރ. މުޙައްމަދު އިބްރާހީމް، ހދ.ކުޅުދުއްފުށި، ފިނިފެންޖަންބުގެ، ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރައްވައި، އެ މައްސަލާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޤާނޫނީ އިޖުރާޢަތުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފުރިހަމަކޮށްފައިވާކަމަށް ކޮމިޓީއަށް ފެންނާތީ، މައްސަލަ ފޮނުއްވާފައިވާ ގޮތަށް މަޖިލީހުން ގޮތެއް ނިންމުމަށް މަޖިލީހަށް ފޮނުވުމަށް ކޮމިޓީއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުން އިއްތިފާޤުން ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA