ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 3 ވަނަ ބައްދަލުވުން

18 ޖޫން 2019 11:00 ނަންބަރު 3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޒައިޓޭޝަން ބޯޑުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. މިގޮތުން މާދަމާގެ ބައްދަލުވުމަށް އެބޭފުޅުންނަށް ދަޢުވަތު އެރުއްވުމަށް ނިންމެވިއެވެ. އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޗެއަރމަނުންނާއި މެނޭޖިންގ ޑިރެކްޓަރުންނާ އެކީ ބާއްވާ ބައްދަލުވުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ނިންމެވިއެވެ. މިއަދުގެ ބައްދަލުވުމުގައި މީގެ އިތުރުން ވެސް ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމަވާ، 24 ޖޫން 2019 ވަނަ ދުވަހުގެ ބައްދަލުވުމަށް އެބޭފުޅުންނަށް ދަޢުވަތު އެރުވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ޖޫން 2019

ދައުލަތުގެ ކުންފުނިތަކާއި، ވިޔަފާރި އިދާރާތަކުގެ ޙާލަތު ދެނެގަތުމާއި، މާލީ ހިސާބުތައް ދިރާސާކުރެއްވުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA