ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 4 ވަނަ ބައްދަލުވުން

19 ޖޫން 2019 14:00 ނަންބަރު 4

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޒައިޓޭޝަން ބޯޑުގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޒައިޓޭޝަން ބޯޑުގެ ބޭފުޅުން ޖަވާބުދެއްވިއެވެ. އަދި ކުންފުނިތަކުގެ ރިޕޯޓްތައް ކުރީގަ ބަރާބަރަށް ނުލިބުނު ނަމަވެސް މިހާރު އެބޯޑަށް ކުންފުނިތަކުން ރިޕޯޓްތައް ފޮނުވަމުންދާކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަދި އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވާ ގޮތަށް ކުންފުނިތަކުގެ އިންޓަރނަލް ކޮންޓްރޯލްސްތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ. މީގެ އިތުރުން "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު" ރިވިއުކޮށް އިސްލާޙުކުރަން ފެންނަކަމަށް އެބޭފުޅުން ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ކުންފުނިތަކުގެ ހުރި މައްސަލަތަކާއި ބައެއް ކުންފުނިތަކުގެ ޙާލަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ޖޫން 2019

ދައުލަތުގެ ކުންފުނިތަކާއި، ވިޔަފާރި އިދާރާތަކުގެ ޙާލަތު ދެނެގަތުމާއި، މާލީ ހިސާބުތައް ދިރާސާކުރެއްވުން

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA