ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

12 އޮކްޓޯބަރު 2020 12:05

ނަންބަރު

55

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 55 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ކަނޑައަޅުއްވާފައިވާ ބޭސްލައިން ބަޖެޓް ސީލިންގް އަކީ 55 މިލިއަން ރުފިޔާ ކަމަށްވެފައި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޕީ.އެސް.އައި.ޕީ ޕްރޮގްރާމް ނުހިމަނައި، ބަޖެޓްގެ ޖުމްލަ ޢަދަދަކީ 60 މިލިއަން ރުފިޔާކަމަށްވާތީ، އެ ޢަދަދަށް ބަޖެޓް ދޫކުރުމާމެދު މިނިސްޓްރީގެ ލަފައެއް ހޯއްދެވުމަށް ނިންމެވިއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޖުމްލަ ބަޖެޓްގެ ގޮތުގައި ދޫކުރެވޭނެ އެންމެ މަތީ ޢަދަދެއް މިނިސްޓްރީން ހޯއްދެވުމަށްވެސް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA