ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

21 އޮކްޓޯބަރު 2020 12:10

ނަންބަރު

59

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 59 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ 2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅުއްވައިފައިވާ ސީލިންގްއަކީ 9 މިލިއަން ރުފިޔާ ކަމުން، އެ ކޮމިޝަނުން މި ޢަދަދު އިތުރުކޮށްދިނުމަށް އެދި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރައްވައި ބަޖެޓް މަރުޙަލާތެރޭ ބަޖެޓް މައްސަލައެއް އޮތް ނަމަ އެ ކޮމިޓީއަށް ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ތާޢީދުކޮށް ވަނީ ފާސްވެފައެވެ. (6 ވޯޓް). އަދި، އއ. ފެރިދޫ ގައި ކައުންސިލްގެ އައު ޢިމާރާތެއް އެޅުމަށްޓަކައި، 2021 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް މަޖިލީހުގެ އެހީތެރިކަމަށް އެދި އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއިން 30 ޖުލައި 2020 ގައި ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރައްވައި ދަޢުލަތުގެ ކަމާގުޅޭ މުޢައްސަސާތަކާއި ( މިނިސްޓްރީ އޮފް ފިނޭންސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ) ގުޅިގެން ކުރިއަށް ދިއުމަށް އެ ކައުންސިލްއަށް ދެންނެވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ތާޢީދުކޮށް ވަނީ ފާސްވެފައެވެ. (6 ވޯޓް). އަދި، ތިލަފުށިން އެކި ފަރާތްތަކަށް އުޞޫލެއް ނެތި ބިން ދޫކޮށްފައިވާ މައްސަލަ ދިރާސާކުރުމަށް ލިބިފައިވާ މަޢުލޫމާތު ފުރިހަމަ ނޫންކަމުން، މަޢުލޫމާތު ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ލިޔުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ޢަފީފު ތާޢިދުކޮށް ފާސްވެފައިވެއެވެ. (7 ވޯޓް).

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA