ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

1 ޖުލައި 2019 11:00

ނަންބަރު

9

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "ދައުލަތުގެ އަދި ދައުލަތް ޙިއްޞާވާ ކުންފުނިތަކުގައި ހިނގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުން" މި ނަމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކުލަވާލާފައިވާ ހުދު ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެންޓި-ކަރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުން މި ކަރުދާހުގައި ހިމެނޭ ބައިތަކުގެ މަޢުލޫމާތު ވަކިވަކިން މެންބަރުންނަށް ދެއްވިއެވެ. މިގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގައި ހުރި މައްސަލަތަކާއި އެ މައްސަލަތައް ޙައްލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކުގެ މަޢުލޫމާތު ވެސް ދެއްވިއެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ސަރުކާރު ކުންފުނިތަކަށް ދެއްވާފައިވާ ރިކޮމެންޑޭޝަންސްއަށް އެ ކުންފުނިތަކުން ޢަމަލުކޮށްފައި ނުވާކަން އެ ކޮމިޝަންގެ ބޭފުޅުން ފާހަގަކުރައްވައި މިކަމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންނާ މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA