ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

5 އޮކްޓޯބަރު 2020 12:00

ނަންބަރު

51

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 51 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ އަންނަނިވި ލޯނުތަކުގެ މަޢުލޫމާތު މެންބަރުންނާއި ޙިއްޞާކޮށްފައިވެއެވެ. • ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައިވާ 5 ބިލިއަން ޖަޕަނީސް ޔެންގެ ލޯނު ފޯރުކޮށްދިނުމަށްޓަކައި، ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު 30 ސެޕްޓެންބަރު 2020 ގައި ލޯނު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު • މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އިން ނަގާފައިވާ 35 މިލިއަން ދިވެހި ރުފިޔާގެ އިންޓަރެސްޓް ފްރީ ލޯނާގުޅޭ މަޢުލޫމާތު • އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ގޭބީސީތަކުގައި ކުރެވޭ ކުދި އަދި މެދުފަންތީގެ ދަނޑުވެރިކަމުގެ އާމްދަނީ އިތުރުކޮށް، އެންމެ އެދެވޭ ގޮތެއްގައި ކޯބޯތަކެތި އުފައްދާ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ބޭނުންވާ މަޝްރޫޢު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިފާޑް އާއެކު، 1،215،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާއި 3،285،000 އެމެރިކާ ޑޮލަރުގެ ލޯނާގުޅޭ މަޢުލޫމާތު • ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގައި ސިއްޙީ ދާއިރާ އެކަމަށް ތައްޔާރުކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ކޮވިޑް-19 އެމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމްސް ޕްރިޕެއަރޑްނަސް ޕްރޮޖެކްޓް" އަށް ބޭނުންވާ ފައިސާ ހޯދުމަށް، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އިން 7.3 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނެގުމަށް ދިވެހި ސަރުކާރާއި އެ ބޭންކާ ދެމެދު ލޯނު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު • ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) އިން 20 މިލިއަން ޔޫރޯގެ ލޯނެއް ނަގައި، އެ ފައިސާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނާގުޅޭ މަޢުލޫމާތު • ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ހީނަރުކަމުން އަރައިގަތުމަށްޓަކައި. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އިމަންޖެންސީ ފައިނޭންސަކަށް އެދި ހުށަހެޅުމުން، އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީގެ ދަށުން، 21.2 މިލިއަން ސްޕެޝަލް ޑްރޮވިންގ ރައިޓްސް (28.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ކްރެޑިޓް ފެސިލިޓީއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދެއްވާފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު • ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގައި ސިއްޙީ ދާއިރާ އެކަމަށް ތައްޔާރުކުރުމަށާއި މި ބަލިން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބޭނުންވާ ފައިސާ ހޯދުމަށް، 3 އޭޕްރީލް 2020 ގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑާ) އާ ދިވެހި ސަރުކާރާއި ދެމެދު 3.65 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަކާއި 3.65 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާތީ، މި ލޯނާގުޅޭ މަޢުލޫމާތު އަދި، ދައުލަތުން ދެއްވާ ގެރެންޓީ އަދި ނަންގަވާފައިވާ ލޯނުތަކާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އޮފް ފިނޭންސް މާލިއްޔަތު ކޮމިޓީއަށް ޙާޒިރުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާޢީދުކުރައްވައި، ޙާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައިވެއެވެ. އެގޮތުން 07 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހު މިނިސްޓަރ އޮފް ފިނޭންސްއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި، ލޯނު އަދި ގެރެންޓީތަކުގެ ޚުލާޞާ ތައްޔާރުކޮށްދިނުމަށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު އެދިވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
4 އޮކްޓޯބަރު 2020 - ޖައިކާ- ކޮވިޑް-19 ކްރައިސިސް އެމަޖެންސީ ސަޕޯޓް ލޯނު
3 ސެޕްޓެމްބަރު 2020 - މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އިން ނަގާފައިވާ 35 މިލިއަން ދިވެހި ރުފިޔާގެ އިންޓަރެސްޓް ފްރީ ލޯނު
1 ސެޕްޓެމްބަރު 2020 - މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އަށް ބޭނުންވާ ފައިސާ ހޯދުމަށް އިފާޑް އިން ނަގާފައިވާ ލޯނު
14 ޖުލައި 2020 - މޯލްޑިވްސް ކޮވިޑް-19 އެމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތް ސިސްޓަމްސް ޕްރިޕެއަރޑްނަސް ޕްރޮޖެކްޓް އަށް ބޭނުންވާ ފައިސާ ހޯދުމަށް ނަގާފައިވާ ލޯނު
20 ޖޫން 2020 - ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި އީއައިބީ އިން ނަގާފައިވާ ލޯނު
20 އޭޕްރީލު 2020 - އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދެއްވާފައިވާ ކްރެޑިޓް ފެސިލިޓީ
16 އޭޕްރީލު 2020 - ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި ދިވެހިރާއްޖޭގައި ސިއްޙީ ދާއިރާ އެކަމަށް ތައްޔާރުކުރުމަށާއި މި ބަލިން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބޭނުންވާ ފައިސާ ހޯދުމަށް ނަގާފައިވާ ލޯނު
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA