ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

13 އޮކްޓޯބަރު 2020 12:00

ނަންބަރު

56

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 56 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، އޮޑިޓަރ ޖެނެރަލް މާލީ ހިސާބުތައް ތައްޔާރުކުރާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ނަމޫނާއާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ބަޔާންކޮށްފައިވާތީ، އެ މާއްދާގައިވާ ގޮތުގެމަތިން، ނަމޫނާއެއް ތައްޔާރުކޮށްދިނުމަށް އެދި 6 އޮކްޓޫބަރު 2020 ގައި ޓޭބަލް އޮފީހުގެ މެމޯ 151/2020 ހުށަހަޅާފައިވާ މައްސަލައާމެދު މަޝްވަރާކޮށްފައިވެއެވެ. އެގޮތުން،ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާންގެ ނަމޫނާ ތައްޔާރުކުރެވިފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން، އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ލަފާގެ މަތިންކަމުން، އެ ނަމޫނާއާ އެއްގޮތަށް އޮޑިޓަރ ޖެނެރަލްގެ މުދަލާއި ފައިސާގެ ބަޔާން ތައްޔާރުކުރުމަށް ފެންނަކަމަށްވަނީ ބައްދަލުވުމުގައި ކޮމިޓީގައި އެވަގުތު ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްޠިފާޤުން ނިންމާފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ އިސް މަޤާމްތައް ފުރުއްވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން ތައްޔާރުކުރުމުގައި މިހާރު ޢަމަލުކުރަމުންދާ ނަމޫނާގައި މައްސަލަތައް ހުރިކަން ފާހަގަކޮށް، މާލީ ބަޔާންގެ ނަމޫނާ މުރާޖަޢާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަބް ކޮމިޓީއެއް އެކުލަވާލައި، އެ މަސައްކަތް ސަބް ކޮމިޓީއާ ޙަވާލުކުރެވުނެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA