ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

9 އޯގަސްޓު 2020

ސްޓޭޓަސް

ކުރިޔަށް ދަނީ

ބ. ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބަންދުކޮށްފައިވާ ބިދޭސީންނާ ދޭތެރޭ އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް އުނިކަން އަންނަގޮތަށް ޢަމަލުކޮށްފައިވާ މައްސަލަ

ޚުލާސާ

ބ. ބޮޑު ފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބަންދުކުރެވުނު ބިދޭސީންގެ ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމަށް ހުރަސްއަޅާފައިވާކަމަށާއި، އެފަރާތްތަކަކީ އިދާރީ ބަންދެއްގައި ތިބި ފަރާތްތަކެއްކަމުގައި ވީނަމަވެސް ޤައިދީންނާމެދު ޢަމަލުކުރާ އުސޫލުން، ބިޑިއަޅުވައިގެން ކާންދީފައިވާކަމަށާއި، ޤައިދީންނަށް ދޭ އުސޫލުން ފޯނު ކޯލުތަކާއި ޢާއިލީ ބައްދަލުވުންތައް ބޭއްވުމަށް ލާޒިމުކޮށްފައިވާކަމަށާއި، އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތަށް އުނިކަން ނުލިބޭ ގޮތުގެމަތިން ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުމަށާއި، އިންސާނީ ޙައްޤަށް ހުރަސްއެޅޭގޮތަށް މާނަކުރެވޭ ޤާނޫނުތަކަށް އިޞްލާޙުކުރުމާއި ބާޠިލުކުރަންޖެހޭ ޤާނޫނީ މާއްދާތައް ބާޠިލުކޮށް މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ

މިހާރު އޮތް ހިސާބް

9 އޯގަސްޓު 2020 - ކުރިޔަށް ދަނީ

ގުޅުންހުރި ބައްދަލުވުންތައް
12 އޯގަސްޓު 2020 - 2020 ވަނަ އަހަރުގެ 41 ވަނަ ބައްދަލުވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA