ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

8 ޖުލައި 2019

ސްޓޭޓަސް

ރިޕޯޓް ހުށައެޅިފައި

11 ބޭފުޅުން ނަން-ރެސިޑެންޓް ސަފީރުންކަމަށް ޢައްޔަންކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ

ޚުލާސާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި، ތިރީގައި ބަޔާންކޮށްފައިވާ ބޭފުޅުން ނަން-ރެސިޑެންޓް ސަފީރުންކަމަށް ޢައްޔަންކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ 1. ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލް ޢުމަރު ޢަބްދުއްރައްޒާޤު ސީޝެލްސް، މޮރިޝަސް އަދި ކަޒަކަސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 2. އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ އަފްޣާނިސްތާން އަދި ބޫޓާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 3. މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ވިސާމް ޢަލީ ބުރުނާއީ އަދި އިންޑޮނޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 4. ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 5. ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލް އިބްރާހީމް އުވައިސް ރިޕަބްލިކް އޮފް ކޮރެއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 6. ސައުދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލް މުޙައްމަދު ޚަލީލް ކުވޭތު އަދި ޖޯޑަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 7. އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ޙުސައިން ނިޔާޒު ބަޙްރައިން އަދި އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 8. އިނގެރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް އަޔަރލޭންޑް، ފްރާންސް އަދި ސްޕޭނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 9. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލް އަޙްމަދު ލަޠީފް ޑެންމާކް، ނޯވޭ، ފިންލޭންޑް، ސުވިޑްން އަދި ރަޝިއަން ފެޑެރޭޝަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 10. ޔޫރަޕިއަން ޔޫނިއަންއާއި ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލް ޙަސަން ޞާބިރު ނެދަލަންޑްސް އަދި ލަގްޒަމްބާގަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް. 11 އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއާއި، އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލާ ތިލްމީޛާ ޙުސައިން ކެނެޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް.

މިހާރު އޮތް ހިސާބް

9 ޖުލައި 2019 - ރިޕޯޓް ހުށައެޅިފައި

ގުޅުންހުރި ބައްދަލުވުންތައް
9 ޖުލައި 2019 - ކޮމިޓީގެ 2019 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA