ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2024 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

31 ޖުލައި 2024 11:11 ނަންބަރު 12

ޚުލާސާ

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީހުގެ 2022 އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީޤާ އެކު ބޭއްވި މި ބައްދަލުވުމުގައި، އެ އޮފީހުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ކޮމިޓީގެ މެންބަރުންނާ ޙިއްޞާކުރެއްވިއެވެ. އެ ޕްރެޒެންޓޭޝަންގައި އެ އޮފީހުގެ ވޭތުވެދިޔަ ދެ އަހަރު ކުރައްވާފައިވާ މަސައްކަތްތަކާއި އެ އިދާރާގެ މަސައްކަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރެއްވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްތަކާއި އަދި އެ މަސައްކަތްތައް ތަންފީޒުކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންނާ މަޢުލޫމާތު ހިއްސާކުރައްވާފައިވެއެވެ.

މީގެއިތުރުން، އެ އޮފީހުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، އިދާރާގެ މެންޑޭޓުގެ ދަށުގައި ހިމެނޭ މަސައްކަތްތައް ތަންފީޒު ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ އިތުރުން އެ އިދާރާއާއި އިދާރާއިން ކުރާ މަސައްކަތްތަކާމެދު އާންމު ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރާއި އިތުބާރު އޮންނަ މިންވަރާ ގުޅޭގޮތުން ކޮމިޓީއިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވިއެވެ.



ބައްދަލުވުމުގެ ހާޒިރީ

ޙުސައިން ނާޞިޙް

މެދުހެންވޭރު ދާއިރާ

ވަޑައިގެންނެވި

ޙުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާ

ވަޑައިގެންނެވި

ފަރުޙަތު މުޙައްމަދު

ކުޅުދުއްފުށި ދެކުނު ދާއިރާ

ވަޑައިގެންނެވި

ޑޮކްޓަރ އަނާރާ ނަޢީމް

ހުރާ ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

ފާޠިމަތު ސަޢުދާ

ނިލަންދޫ ދާއިރާ

ވަޑައިގެންނެވި

ޙުސައިން ޙަމީދު

ކުޑަހުވަދޫ ދާއިރާ

ވަޑައިގެންނެވި

ހަނާން މުޙައްމަދު ރަޝީދު

ގުރައިދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ވަޑައިނުގަންނަވާ

މުޙައްމަދު ފަޟީލް

ދާންދޫ ދާއިރާ

ވަޑައިގެންނެވި

އަސްމާ ރަޝީދު

މާފަންނު މެދު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

5 ޖޫން 2024

2022 އަދި 2023 ވަނަ އަހަރުގެ އަހަރު ރިޕޯޓްތަކާޅޭ

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA