ޖޮބް ސެންޓަރ

ޑެޕިއުޓީ ޑިރެކްޓަރ 1

ޝާއިރު ކުރެވުނު: 10-02-2020 @ 16:14
ހަމަވާތާރީޚް: 17-02-2020 @ 14:00

ލައިބްރަރީގެ ސިޔާސަތު އެކުލަވާލާ ކަނޑައެޅުމާއި އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން

ލައިބްރަރީ ހިންގުމަށް ހަދަންޖެހޭ ޤަވާޢިދުތަކާއި، އުސޫލްތައް ހެދުން.

ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީ ޕްރޮމޯޓްކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ރާވައި އިންތިޒާމްކުރުން

ލައިބްރަރީގައި ކުރެވޭ އެންމެހާ ކަންތައްތަކާއި ގުޅޭ އެސް.އޯ.ީޕ ތައް ތައްޔާރުކުރުމާއި ލައިބްރަރީގެ މުވައްޒަފުންނަށް މަސައްކަތާއި ގުޅޭގޮތުން އިރުޝާދާއި ތަމްރީނު ދިނުން.

ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީ އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރަންޖެހޭ ފަންނީ އަދި އިދާރީ އެންމެހާ ކަންކަން ރާވައި ހިންގުން

ރިކުއަރމަންޓްސް

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އެޕްލައިކުރުމަށް ބޭނުންވާ ލިޔުންތައް

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • ސަބްމިޓް އޮންލައިން
  • އެޗް.އާރު
  • 20080, މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ
  • ފޯން: 3322617
  • އީމެއިލް: hr@majlis.gov.mv

© 2020 ރައްޔިތުންގެ މަޖިލިސްގެ އިދާރާA