JP

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ
މެންބަރުގެ ގޮނޑި
މެންބަރަށް ގުޅުއްވުމަށް
  • ތަފާސްހިސާބު

    މެންބަރުގެ ތަޢާރުފް

    ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މާމިގިލި ދާއިރާގެ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ 01 ނޮވެންބަރު 2018 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2018މ. ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 6 ވަނަ ޖަލްސާގައެވެ.

    މެންބަރު ކުރައްވާފައިވާ ޚިދުމަތް

    އޮނަރަބަލް ޤާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގަތީ 24 ފެބުރުވަރީ 1990މ. ގައެވެ. އަދި އ. އަތޮޅުގެ މެންބަރެއްގެ ގޮތުގައި 03 އޮކްޓޯބަރު 1990މ. ހަމައަށް ޚިދުމަތް ކުރެއްވިއެވެ. އެއަށްފަހު، 15 ޖޫން 2004މ. ގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އދ. އަތޮޅުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވިއެވެ. 2008މ. ވަނަ އަހަރު ތަޞްދީޤުކުރެއްވި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އެކުލެވާލެއްވުމުގައި އޮނަރަބަލް ޤާސިމް އިބްރާހީމް އިސްދައުރެއް އަދާކުރެއްވިއެވެ. އެގޮތުން ޚާއްޞަ މަޖިލީހުގެ ރައީސްކަމަށް 6 މޭ 2007މ. ގައި އެމަނިކުފާނު އިންތިޚާބު ކުރެވުނެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި އެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ރައްޔިތުންނާ ގުޅުހުރި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރެއްވުމަށް ގިނަގުނަ މަސައްކަތްކުރެއްވިއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހަށްފަހު، 2008މ. ވަނަ އަހަރު ތަޞްދީޤުކުރެއްވި ޤާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާމިގިލި ދާއިރާގެ ގޮނޑިއަށް 2009މ. ވަނަ އަހަރު އޮނަރަބަލް ޤާސިމް އިބްރާހީމް އިންތިޚާބުވެވަޑައިގެންނެވިއެވެ. އަދި 2014މ. ވަނަ އަހަރު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަމިގިލި ދާއިރާގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވިއެވެ.

    ރައްޔިތުންގެ މަޖިލީހުގެ ޚިދުމަތުގެ އިތުރުން އެމަނިކުފާނުވަނީ ދައުލަތުގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރުކަމާއި ރާއްޖެއިން ވޯލްޑް ބޭންކަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަމާއި ރާއްޖެއިން އައިއެމްއެފްއަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުގެ މަޤާމު ފުރުއްވާފައިވެއެވެ. ވަޒީރެއްގެ ހައިސިއްޔަތު ކުރެއްވި ޚިދުމަތަށް ބަލާއިރު، މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޓްރެޜަރީގެ މަޤާމާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މަޤާމު ހިމެނެއެވެ.

    އޮނަރަބަލް ޤާސިމް އިބްރާހީމަކީ ރާއްޖޭގެ ސިޔާސީ މައިދާނާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަހްސިއްޔަތެކެވެ. ވިޔަފާރިއާއި ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ ވަރުގަދަ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރުވެސްމެއެވެ.

    މަޖިލީހަށް ހުށަހަޅުއްވާފައިވާ ސުވާލު، މައްސަލަ، ކުއްލި މައްސަލަ، އިމްތިޔާޒުގެ މައްސަލަ، ބިލު، އަދި ޤަރާރު

    ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލަތައް

    ޝާމިލްވެލައްވާ ކޮމިޓީތައް

    © 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA