ސީ.އެސް.ޕީ.އެން (CSPN) އަކީ ކޮބާ؟

ސިވިލް ސޮސައިޓީ ޕާލިމަންޓަރީ ނެޓްވަރކް (ސީ.އެސް.ޕީ.އެން) އަކީ މަދަނީ ޖަމުޢިއްޔާތަކާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ނިޒާމީ އަދި މާނަހުރި ގުޅުމެއް ކުރިއެރުވުމަށް އެކުލަވައިލެވޭ މަންސައެކެވެ. މިއީ އެކިއެކި މައްސަލަތަކާއި ސިޔާސަތުތަކާ ގުޅޭ ގޮތުން މަދަނީ ޖަމުޢިއްޔާތަކާއި ރައްޔިތުންގެ މަޖިލީހާ ދެމެދު މަޝްވަރާކުރެވި އެކުގައި މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭނެ ވަސީލަތެކެވެ. ހަމައެއާއެކު، ސީ.އެސް.ޕީ.އެންގެ ސަބަބުން ޤާނޫނު ހެދުމުގެ އެކި މަރުޙަލާތަކުގައި މަދަނީ ޖަމުޢިއްޔާތަކަށް އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހުށަހެޅުމަށް ފުރުޞަތު ލިބި، އަދި މުހިންމު މައްސަލަތަކުގައި އެފަރާތްތަކުގެ އަޑު އިއްވުމާއެކު، ދައުލަތް ޖަވާބުދާރީކުރުން ހަރުދަނާކުރުމަށް މަގުފަހިވެގެންދެއެވެ.

ހަމަ އެއާއެކު، މަދަނީ ޖަމުޢިއްޔާތަކާއެކު މަސައްކަތް ކުރުމަކީ، ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ގެންގުޅޭ ސިޔާސަތުގެ މުހިންމު ބައެކެވެ.

ސީ.އެސް.ޕީ.އެންގެ މަގުސަދު/ލަނޑުދަނޑިތަކަކީ ކޮބާ؟

ސީ.އެސް.ޕީ.އެންގައި ބައިވެރިވެވޭނީ ކިހިނެއް؟

ފުރަތަމަ ފިޔަވަޅު: ސީ.އެސް.ޕީ.އެންގައި ބައިވެރިވުމަށް ޝައުގުވެރިވާ މަދަނީ ޖަމުޢިއްޔާތަކުން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުން.

ދެވަނަ ފިޔަވަޅު: ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރަޖިސްޓްރޭޝަން ފޯމުތައް ބަލައިގަނެ ބަލަންޖެހޭ ކަންކަން ބެލުން.

ތިންވަނަ ފިޔަވަޅު: ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ރަޖިސްޓްރޭޝަން ފޯމުތައް އެޕްރޫވްވުމުން، މަދަނީ ޖަމުޢިއްޔާގެ ނަމާއި އަދި އެ ޖަމުޢިއްޔާއަކާ ގުޅޭ އިތުރު މަޢުލޫމާތު ސީ.އެސް.ޕީ.އެން (CSPN) ގެ ޑޭޓާބޭސްގައި ރަޖިސްޓަރީކޮށް، އެކަން އެ ޖަމުޢިއްޔާއަކަށް އީ-މެއިލް މެދުވެރިކޮށް މަޖިލީހުގެ އިދާރާއިން އެންގުން.

ދެން ވާނީ ކިހިނެއް؟

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA