ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވިސްލްބްލޯވިންގ ޕޮލިސީގެ ދަށުން ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އޮފިސަރެއް ނުވަތަ މުވައްޒަފެއް ތިރީގައި ބަޔާންކޮށްފައިވާފަދަ ނޭދެވޭ ޢަމަލެއް ކޮށްފިކަން ނުވަތަ ކުރަމުންދާކަން ނުވަތަ ކޮށްފާނެކަމުގެ މަޢުލޫމާތެވެ. އެގޮތުން، މަޢުލޫމާތު ހުށަހަޅުއްވާ ފަރާތްތަކުން އެފަރާތަކީ ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ. އެހެންނަމަވެސް، މައްސަލަ ކުރިއަށްދާގޮތުގެ މަޢުލޫމާތު ލިބޭނީ ނަމާއި ކޮންޓެކްޓް ޑީޓެއިލްސް ހިއްސާކުރައްވާ ފަރާތްތަކަށް އެކަންޏެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވިސްލްބްލޯވްކުރުމުގެ ގޮތުން މަޢުލޫމާތު ހުށަހަޅާ ފަރާތުގެ ޒާތީ މަޢުލޫމާތަކީ ޤާނޫނު ނަންބަރު 2019/16 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން، ސިއްރުކުރެވިގެންވާ މަޢުލޫމާތު ކަމުގައި ދަންނަވަމެވެ.
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA