އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

3 ޖޫން 2024 15:00 ނަންބަރު 1

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހޮވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އެކައުންޓްސް ނިއުސާ އަޙްމަދު ނަޞީރުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ކޮމިޓީގެ މުޤައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު އިންތިޚާބުކުރުމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވައި ފޭދޫ އުތުރު ދާއިރާ މެންބަރު އިސްމާޢީލް ނިޒާރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު އިންތިޚާބުކުރެއްވިއެވެ.


އެއަށްފަހު، ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް އިންތިޚާބުކުރުމަށް ބޭނުންވާ މެންބަރުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން 2 ހުށަހެޅުމެއް ހުށަހެޅުނެވެ. އެއީ؛

  1. ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް އިންތިޚާބުކުރެއްވުމަށް ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވައި ކަނޑިތީމު ދާއިރާ މެންބަރު އަމީން ފައިޞަލް ތާއީދުކުރެއްވި ހުށަހެޅުން؛ އަދި
  2. ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ އިންތިޚާބުކުރެއްވުމަށް ފޭދޫ އުތުރު ދާއިރާ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވައި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަޙްމަދު ޟަމީރު ތާއީދުކުރެއްވި ހުށަހެޅުން.

ހުށަހެޅުމަށް ތާއީދުލިބިފައިވާ ތަރުތީބު ފުރަތަމަ ވޯޓަށް އެއްސެވީ ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް އިންތިޚާބުކުރެއްވުމަށް ހުށަހެޅުނު ހުށަހެޅުއްވުމަށެވެ. އެގޮތުން އެ ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓު: ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް އިންތިޚާބުކުރެއްވުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 03

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 07

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: މި ހުށަހެޅުން ފާހެއްނުވެއެވެ.


މުޤައްރިރުގެ ނައިބުކަމަށް ހުށަހެޅުނު ހުށަހެޅުންތަކުގެ ތެރެއިން ފުރަތަމަ ހުށަހެޅުން ފާސްވެފައިނުވާތީ، ދެވަނަ ހުށަހެޅުމަށް ވޯޓަށް އެއްސެވިއެވެ. އެގޮތުން އެ ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓު: ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ އިންތިޚާބުކުރެއްވުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ އިންތިޚާބުކުރެއްވިއެވެ.



ބައްދަލުވުމުގެ ހާޒިރީ

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިގެންނެވި

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ވަޑައިގެންނެވި

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ވަޑައިގެންނެވި

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ވަޑައިގެންނެވި

މުންތަޡިމް އިބްރާހީމް

ކާށިދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ވަޑައިނުގަންނަވާ

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

3 ޖޫން 2024

ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު އިންތިޚާބުކުރުން.

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    10
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA