ކޮމިޓީގެ ނަން

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

3 ޖޫން 2024 15:45

ނަންބަރު

1

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރު ނައިބު ހޮއްވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށް ގެންގޮސްދެއްވީ، ޑެޕިއުޓީ ޑިރެކްޓަރ، ލީގަލް އެފެއާޒް އަލްއުސްތާޛާ އަންސޫދާ ފުއާދެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހުށަހެޅިފައިވަނީ އެއް ހުށަހެޅުމެވެ. އެއީ، ވިލިމާލެ ދާއިރާ މެންބަރު މުޙައްމަދު އިސްމާޢީލް އިންތިޚާބުކުރުމަށް ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް ހުށަހަޅައި ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުކަމަށް ވިލިމާލެ ދާއިރާ މެންބަރު މުޙައްމަދު އިސްމާޢީލް އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް ވިލިމާލެ ދާއިރާ މެންބަރު މުޙައްމަދު އިސްމާޢީލް އިންތިޚާބުކުރެއްވިއެވެ.

 

އެއަށްފަހު، ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. އެގޮތުން، މުޤައްރިރުގެ ނައިބުކަމަށް ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އެއް ހުށަހެޅުމެއް ހުށަހެޅިގެން ދިޔައެވެ. އެއީ، ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ފެލިދޫ ދާއިރާ މެންބަރު އާދަމް ޒާހިރު އިންތިޚާބުކުރެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް ހުށަހަޅައި ވިލިމާލެ ދާއިރާ މެންބަރު މުޙައްމަދު އިސްމާޢީލް ތާއީދުކުރައްވައި ހުށަހެޅުއްވި ހުށަހެޅުމެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުކަމަށް ފެލިދޫ ދާއިރާ މެންބަރު އާދަމް ޒާހިރު އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ފެލިދޫ ދާއިރާ މެންބަރު އާދަމް ޒާހިރު އިންތިޚާބުކުރެއްވިއެވެ.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA