ކޮމިޓީގެ ނަން

ގަވާއިދު ކޮމިޓީ

ތާރީޚް

3 ޖޫން 2024 14:15

ނަންބަރު

1

ގަވާއިދު ކޮމިޓީގެ 2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ 03 ޖޫން 2024 ގައި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އިންތިޚާބުކުރެއްވުމާ ގުޅިގެން، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު އިންތިޚާބުކުރުމުގެ މަސައްކަތްކުރުމެވެ. މި މަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ލީގަލް އޮފިސަރ އަލްއުސްތާޛާ މަރިޔަމް ހުދާއެވެ.

ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލުމުން، އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްގެ ނަންފުޅެވެ. މި ނަންފުޅަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރެއްވެވިއެވެ. އިތުރު ނަންފުޅެއް ހުށަހެޅިފައިނުވާތީ، މި ނަންފުޅަށް ވޯޓަށް އެހުމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 11 މެންބަރުންގެ އިއްތިފާޤުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ކޮމިޓީގެ މުޤައްރިރުގެ ގޮތުގައި ހޮވިވަޑައިގެންނެވިއެވެ.

ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރު ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އިންތިޚާބުކުރުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 11

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 11

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އިންތިޚާބުކުރެއްވިއެވެ.

 

އެއަށްފަހު، ނައިބު މުޤައްރިރަކަށް ނަންފުޅު ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލުމުން ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމްގެ ނަންފުޅެވެ. މި ހުށަހެޅުއްވުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ތާޢީދުކުރެއްވިއެވެ. އިތުރު ނަންފުޅެއް ހުށަހެޅިފައިނުވާތީ، މި ނަންފުޅަށް ވޯޓަށް އެހުމުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 11 މެންބަރުންގެ އިއްތިފާޤުން ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ ގޮތުގައި ހޮވިވަޑައިގެންނެވިއެވެ.

ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 11

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 11

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އިންތިޚާބުކުރެއްވިއެވެ.

 


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA