ކޮމިޓީގެ ނަން

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

ތާރީޚް

3 ޖޫން 2024 15:15

ނަންބަރު

1

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ 2024 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ ކޮމިޓީގެ މުޤައްރިރަކާއި ނައިބު މުޤައްރިރެއް އިންތިޚާބުކުރުމެވެ. ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އިންތިޚާބުކުރުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ޑެޕިއުޓީ ޑިރެކްޓަރ، އަލްއުސްތާޛް ޙަސަން އަދުހަމް އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުގެ ނަންފުޅު، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހަޅުއްވިއެވެ. މި ހުށަހެޅުމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓު ދެއްވިގޮތް ތިރީގައި އެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06


ނިންމުން: ހުށަހެޅުން ފާސްވެފައި.


އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު އިންތިޚާބުކުރެއްވިއެވެ.

އެއަށްފަހު، ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. އެގޮތުން، ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލްގެ ނަން ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓު ދެއްވިގޮތް ތިރީގައި އެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް އިންތިޚާބުކުރުމަށް


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06


ނިންމުން: ހުށަހެޅުން ފާސްވެފައި.


އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް އިންތިޚާބުކުރެއްވިއެވެ.

އެއަށްފަހު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. 


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA