ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

3 ޖޫން 2024 14:35

ނަންބަރު

1

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ ކޮމިޓީގެ މުޤައްރިރަކާއި ނައިބު މުޤައްރިރެއް އިންތިޚާބުކުރުމެވެ. ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އިންތިޚާބުކުރުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ،އަލްއުސްތާޛާ ޝަހުޒާދު ސަޢީދެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމްގެ ނަންފުޅު، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވިއެވެ. މި ހުށަހެޅުމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުކަމަށް މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް އިންތިޚާބުކުރެއްވިއެވެ.


އެއަށްފަހު، ކުރިއަށް ގެންދެވީ ކޮމިޓީގެ ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތެވެ. އެގޮތުން، ނައިބު މުޤައްރިރަކަށް އިންތިޚާބުކުރުމަށް ބޭނުންވާ މެންބަރުންގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފްގެ ނަންފުޅު، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ތާއީދުކުރެއްވިއެވެ. އެގޮތުން އެ ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

 ވޯޓުގެ ނަތީޖާ: ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް އިންތިޚާބުކުރެއްވިއެވެ.

އެއަށްފަހު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ކޮމިޓީގެ ބައްދަލުވުންތައް ހަފްތާއަކު 3 ދުވަހު (ހޯމަ، އަންގާރަ އަދި ބުދަ) ބޭއްވުމަށް ކަނޑައެޅުއްވިއެވެ.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA