ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

4 ޖޫން 2024 12:00

ނަންބަރު

2

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހަޅުއްވައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން ތާއީދު ކުރެއްވީ، ކޮމިޓީގެ ވޯކިންގް ކޯރަމް އަކީ 4 މެންބަރުން ކަމަށާއި، އަދި ކޮމިޓީގެ ވޯޓިން ކޯރަމް އަކީ 6 މެންބަރުން ކަމަށެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ކޮމިޓީގެ ވޯކިންގް ކޯރަމް އަކީ 4 މެންބަރުން ކަމަށާއި އަދި ވޯޓިން ކޯރަމް އަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ ވޯކިންގް ކޯރަމް އަކީ 4 މެންބަރުން ކަމަށާއި އަދި ކޮމިޓީގެ ވޯޓިން ކޯރަމް އަކީ 6 މެންބަރުންކަމުގައި ވަނީ ފާސްކުރައްވާފައެވެ.

އެއަށްފަހު، ކޮމިޓީގައި މަޝްވަރާކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި ރިޕަބްލިކް އޮފް ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ގ.ކަނޑިތޮޅިއާގެ ހަމަޖެއްސެވުމަށާއި، އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ބަދަލުގައި، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަލްފާޟިލް މުޙައްމަދު ޠާހާ، އުފަންވެލި، ނ.ހޮޅުދޫ ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މި މައްސަލައާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ރިކޯޑު ސާފުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ. އަދި މީގެ އިތުރުން، ސަފީރުންނާ އިންޓަރވިއު ނުކޮށް މި މައްސަލަ ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހަޅުއްވައި، ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް ޢަބްދުލްޢަޒީޒް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

ވޯޓު: ސަފީރުންނާ އިންޓަރވިއު ނުކޮށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ސަފީރުންނާ އިންޓަރވިއު ނުކޮށް ކުރިއަށް ގެންދިއުމަށްވަނީ ފާސްވެފައެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA