ކޮމިޓީގެ ނަން

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

5 ޖޫން 2024 20:00

ނަންބަރު

2

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީގެ ޤާނޫނީ ޢަދަދު 3/1 (ތިންބައިކުޅަ އެއްބައި) އަށް ވުރެ އިތުރުކުރަން ބޭނުންވާނަމަ، ޤާނޫނީ ޢަދަދު ކަނޑައެޅުމުގެ މަސައްކަތާއި، ކޮމިޓީން ކަންކަން ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ.

އެގޮތުން، ހުޅުވާލި ފުރުޞަތުގައި ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން ކަމަށް އަދި ކޮމިޓީން ކަންކަން ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 6 މެންބަރުން ކަމުގައި ކަނޑައެޅުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅައި ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން ކަމަށް އަދި ކޮމިޓީން ކަންކަން ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 6 މެންބަރުން ކަމުގައި ކަނޑައެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކިގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.


(ފެންނަކަމަށް ވޯޓު ދެއްވި މެންބަރުން: ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް، ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް، މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން، އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު، ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދާންދޫ ދާއިރާ މެންބަރު މުޙައްމަދު ފަޟީލް، ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު)

އެހެންކަމުން، ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން ކަމަށާއި އަދި ކޮމިޓީން ކަންކަން ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 6 މެންބަރުން ކަމުގައި ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކަނޑައެޅުއްވިއެވެ.

 

ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 163 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް ދާންދޫ ދާއިރާ މެންބަރު މުޙައްމަދު ފަޟީލް ހުށަހަޅައި އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކިގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.


(ފެންނަކަމަށް ވޯޓު ދެއްވި މެންބަރުން: ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް، ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް، މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން، އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު، ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދާންދޫ ދާއިރާ މެންބަރު މުޙައްމަދު ފަޟީލް، ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު)

 

އެހެންކަމުން، މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކަނޑައެޅުއްވިއެވެ.


ތިންވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޢައްޔަންކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާ މައްސަލަތަކުގައި އިދާރީގޮތުން ޢަމަލުކުރާނެގޮތުގެ އުސޫލާއި އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ފިޔަވައި، ކޮމިޓީއަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު ޢަމަލުކުރާނެ އުސޫލު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުސަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި ޢަމަލުކުރައްވަމުން ގެންގޮސްފައިވާ އުޞޫލުތަކަށް އިތުރު ބަދަލެއް ނުގެނެސް، މި ކޮމިޓީން އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅައި ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައިވެސް މިކަންކަމުގައި ޢަމަލުކުރައްވަމުން ގެންގޮސްފައިވާ އުޞޫލަށް އިތުރު ބަދަލެއް ނުގެނެސް، ކޮމިޓީން އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.


(ފެންނަކަމަށް ވޯޓު ދެއްވި މެންބަރުން: ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް، ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް، މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން، އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު، ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދާންދޫ ދާއިރާ މެންބަރު މުޙައްމަދު ފަޟީލް، ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު)

 

އެހެންކަމުން، 19 ވަނަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި ޢަމަލުކުރައްވަމުން ގެންގޮސްފައިވާ އުޞޫލުތަކަށް އިތުރު ބަދަލެއް ނުގެނެސް، މި ކޮމިޓީން އެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.


ފަސްވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮމިޓީތަކުން ތައްޔާރުކުރަންޖެހޭ ވަރކް ޕްލޭން އެކުލަވާލުމުގެ މަސައްކަތެވެ. އެގޮތުން، މިމައްސަލައިގައި މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ އިދާރީ މުވައްޒަފުން 30 ޖޫން 2024 ގެ ނިޔަލަށް ވަރކް ޕްލޭނެއް އެކުލަވާލައި ކޮމިޓީއަށް ހުށަހެޅުއްވުމުން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމިޓީން ނިންމެވިއެވެ.

 

ފަހު ކަމަކަށް ކުރިއަށް ގެންދެވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 29 ޖަނަވަރީ 2024 ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ 03 ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، 29 ޖަނަވަރީ 2024 ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 03 ބޭފުޅުންގެ ކިބައިގައި ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތައް، ފުރިހަމަވެފައި ވާތީއާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެންނުވާނޭ ކަމަށް ބަޔާންކޮށްފައިވާފަދަ އެއްވެސް ކަމެއް އެއިން ބޭފުޅަކު ކުރައްވަމުން ނުގެންދަވާތީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 03 ބޭފުޅުންނަށް ރުހުންދިނުމަށް ކޮމިޓީއަށް ފެންނަކަމަށް ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު ހުށަހަޅައި ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓުގެ ނަތީޖާ: ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 03 ބޭފުޅުންނަށް މަޖިލީހުން ރުހުންދިނުމަށް ކޮމިޓީއަށް ފެންނަކަމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 7

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 1

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.


(ފެންނަކަމަށް ވޯޓު ދެއްވި މެންބަރުން: ހުޅުމާލެ ދެކުނު ދާއިރާ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް، މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން، އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު، ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދާންދޫ ދާއިރާ މެންބަރު މުޙައްމަދު ފަޟީލް، ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު)

 

(ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުން: ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް)

 

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 03 ބޭފުޅުންނަށް ރުހުންދިނުމަށް ކޮމިޓީއަށް ފެންނަކަމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ނިންމެވިއެވެ.


އެޖެންޑާގައި ނުނިމި ހުރި ބައިތައް ކޮމިޓީގެ އެހެން ބައްދަލުވުމެއްގައި މަޝްވަރާކޮށް ނިންމެވުމަށް ފަސްކުރައްވައި މިއަދުގެ ބައްދަލުވުން ނިންމާލެއްވިއެވެ.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA