ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

4 ޖޫން 2024 11:30

ނަންބަރު

2

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. މި ގޮތުން މަޖިލީހުގެ ގަވާއިދުގެ 115 ވަނަ މާއްދާގެ ދަށުން އިޖްތިމާޢީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ ތިރީގައި ލިސްޓުކޮށްފައިވާ އިދާރާތަކާއި ބައްދަލުކުރުމަށް ކޮމިޓީގެ މެންބަރުން ނިންމެވިއެވެ.

1.     މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑެވިލޮޕްމަންޓް

2.     މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ

3.     މިނިސްޓްރީ އޮފް ހެލްޓް

4.     އާސަންދަ ކޮމްޕެނީ ލިމިޓެޑް

5.     މޯލްޑްވްސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ

6.     މިނިސްޓްރީ އޮފް އެޑިއުކޭޝަން

7.     މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓް

8.     މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

9.     މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން

10. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

11. މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް

12. މާލެ ސިޓީ ކައުންސިލް

13. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން


އަދި ކޮމިޓީގެ ބައެއް ކަންތައްތައް ކުރިއަށް ގެންދާނެ އުސޫލެއް އެކުލަވާލެއްވިއެވެ. މި ގޮތުން ކޮމިޓީގެ ވޯޓިންގ ކޯރަމަކީ 6 (ހައެއް) ކަމަށާއި އަދި ވޯރކިންގ ކޯރަމަކީ 4 (ހަތަރެއް) ކަމަށް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA