ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

10 ޖޫން 2024 12:06

ނަންބަރު

2

ޖުޑީޝިއަރީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮމިޓީގައި މަޝްވަރާކުރެއްވި ކަންކަމާއި ނިންމި ކަންކަމުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


1.     ކޮމިޓީގެ ޤާނޫނީ ޢަދަދު 3/1 (ތިންބައިކުޅަ އެއްބައި) އަށްވުރެ އިތުރުކުރަން ބޭނުންވާނަމަ، ޤާނޫނީ ޢަދަދު ކަނޑައެޅުމުގެ މަސައްކަތާއި، ކޮމިޓީން ކަންކަން ނިންމާއިރު، ހާޒރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދު ކަނޑައެޅުމުގެ މަސައްކަތާއި ކޮމިޓީން ކަންކަން ނިންމުމުގައި ހާޒިރުވެ ތިބެންޖެހޭ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން ކަމަށް ކަނޑައެޅުމަށާއި، ކޮމިޓީން ކަންކަން ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދު 6 ކަމުގައި ކަނޑައެޅުއްވުމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހެޅުއްވިއެވެ. އަދި އެއްވެސް މެންބަރެއް އިޢުތިރާޟް ނުކުރައްވާތީ، މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން އަދި ކޮމިޓީން ކަންކަން ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ އެންމެ މަދު ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުން.


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު: 11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 10

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި




2.     ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން ބިލެއް ކޮމިޓީއަށް ލިބުމުން އެ މައްސަލައަކާމެދު ޢަމަލުކުރާނެ އުސޫލަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވާ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ތާއިދުކުރެއްވީ ވަކި އުސޫލެއް ކަނޑައެޅިފައި އޮތުން މުހިންމު ނޫންކަމަށް ފެންނާތީ، ބިލެއް ކޮމިޓީއަށް ލިބުމުން އެބިލަކާމެދު ޢަމަލުކުރާނެ ގޮތެއް ނިންމުން މުހިންމުކަމަށެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ކޮމިޓީއަށް އަންނަ ބިލަކާމެދު ޢަމަލުކުރާނެ އުސޫލެއް އެ ބިލެއް ކޮމިޓީއަށް ލިބުމުން ގޮތެއް ނިންމުމަށް.


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި


 

3.     ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ފިޔަވައި، ކޮމިޓީއަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު ކޮމިޓީން ޢަމަލުކުރާނެ އުސޫލު ކަނޑައެޅުމުގެ ގޮތުން ޢާންމު ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެގޮތުގެ އުސޫލަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ކޮމިޓީން އަމިއްލަ ފަރާތްތަކުން ފޮނުއްވާ ސިޓީތަކުގައި ޢަމަލުކުރެއްވިގޮތުގެ އުސޫލާ އެއްގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ކޮމިޓީންވެސް ޢަމަލުކުރެއްވުމަށް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވައި، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުޙައްމަދު ތާއީދުކުރެއްވިއެވެ. އެއީ، ކޮމިޓީއަކަށް ސިޓީއެއް ލިބުމުން ފުރަތަމަ މަރުޙަލާގައި ކޮމިޓީގެ މުޤައްރިރު އެ ސިޓީއެއް ބައްލަވައި، ކަމާގުޅޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު،ސިޓީގެ ޖަވާބު މުޤައްރިރުގެ މަޝްވަރާއާއެކު ކޮމިޓީ ސެކްރެޓޭރިއަޓުން ތައްޔާރުކޮށް ފޮނުވުމެވެ. އަދި ތައްޔާރުކުރެވޭ ޖަވާބު، އެފަރާތަކަށް ފޮނުވުމުގެ ކުރިން ކޮމިޓީގެ މެންބަރުންނާ ހިއްސާކޮށްދެއްވުމަށް ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު އެދިވަޑައިގެންފައިވެއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ކޮމިޓީއަށް ޢާންމު ފަރާތްތަކުން ފޮނުވާ ސިޓީތަކާ ގުޅިގެން 19 ވަނަ މަޖިލީހުގައި ޢަމަލުކުރަމުންދިޔަ ގޮތަށް ޢަމަލުކުރުން. 


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި



ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA