ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

5 ޖޫން 2024 11:30

ނަންބަރު

2

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީގެ ޤާނޫނީ ޢަދަދު 3/1 (ތިންބައިކުޅަ އެއްބައި) އަށް ވުރެ އިތުރުކުރަން ބޭނުންވާނަމަ، ޤާނޫނީ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމުގައި ކަނޑައެޅުމަށް ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމުގައި ކަނޑައެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.


އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމުގައި ކަނޑައެޅުއްވިއެވެ.

 

ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 163 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދު ކަނޑައެޅުމާއި ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގައާއި ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅައި ވިލިފުށި ދާއިރަގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދާ އަދި ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.


އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގައާއި ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޤާނޫނީ ޢަދަދަކީ 6 މެންބަރުން ކަމަށް ކަނޑައެޅުއްވިއެވެ.


ތިންވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ފިޔަވައި، ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު އުސޫލު ކަނޑައެޅުމެވެ. އެގޮތުން،ކޮމިޓީގެ ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރަކު މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ އެއް ކޮމިޓީގައި ބެލޭނީ ވޯޓެއް ނެގުމަށްފަހު ކޮމިޓީގެ އަޤުލަބިއްޔަތު ވޯޓުން ކަމަށް ކަނޑައެޅުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް ހުށަހަޅައި ވިލިފުށި ދާއިރަގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރެއްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ފިޔަވައި، ހުށަހެޅޭ އެހެނިހެން މައްސަލަތައް ކޮމިޓީން ބެލުމާމެދު ގޮތެއް ނިންމުމަށް. 

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.


ކޮމިޓީގެ ބައްދަލުވުމެއްގައި ކޮމިޓީގެ މެންބަރަކު މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ އެއް ކޮމިޓީގައި ބެލޭނީ ވޯޓެއް ނެގުމަށްފަހު ކޮމިޓީގެ އަޤުލަބިއްޔަތުންކަމަށް ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA