ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

11 ޖޫން 2024 00:00

ނަންބަރު

4

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޭރު ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުންގެ ގޮތުގައި ރިޕަބްލިކް އޮފް ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ގ.ކަނޑިތޮޅިއާގެ ހަމަޖެއްސެވުމަށާއި، އަދި އަލްމަމްލަކަތުލް ޢަރަބިއްޔަތުއްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ ބަދަލުގައި، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަލްފާޟިލް މުޙައްމަދު ޠާހާ، އުފަންވެލި، ނ.ހޮޅުދޫ ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަލްފާޟިލް މުޙައްމަދު ޠާހާ، އުފަންވެލި، ނ.ހޮޅުދޫ އައްޔަނުކުރެއްވުމަށް ފެންނަކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވައި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަލްފާޟިލް މުޙައްމަދު ޠާހާ، އުފަންވެލި، ނ.ހޮޅުދޫ ޢައްޔަނުކުރެއްވުމަށް ފެންނަކަމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަލްފާޟިލް މުޙައްމަދު ޠާހާ، އުފަންވެލި، ނ.ހޮޅުދޫ އައްޔަނުކުރެއްވުމަށް ފެންނަކަމަށް ވަނީ ފާސްވެފައެވެ. 

އެއަށްފަހު، ރިޕަބްލިކް އޮފް ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ގ.ކަނޑިތޮޅިއާގެ އައްޔަނުކުރެއްވުމަށް ފެންނަކަމަށް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަފޫ ޙާމިދު ހުށަހަޅުއްވައި، ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ރިޕަބްލިކް އޮފް ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ގ.ކަނޑިތޮޅިއާގެ އައްޔަނުކުރެއްވުމަށް ފެންނަކަމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ރިޕަބްލިކް އޮފް ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ގ.ކަނޑިތޮޅިއާގެ އައްޔަނުކުރެއްވުމަށް ފެންނަކަމަށް ވަނީ ފާސްވެފައެވެ.

އެއަށްފަހު، ކޮމިޓީގައި މަޝްވަރާކުރެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އަހަރު ރިޕޯޓުތައް ދިރާސާކުރެއްވުމަށް އެކުލަވާލެވުނު ސަބްކޮމިޓީން މަސައްކަތް ނިންމަވާލެއްވޭނެ ދުވަހަކާމެދު މަޝްވަރާކުރުމެވެ. އަދި މީގެ އިތުރުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބޭފުޅުންނާ ބައްދަލުކުރައްވައި، "ކީ ޕަރފޯމަންސް އިންޑިކޭޓަރސް" ގައި ބަޔާންކުރައްވާ ކަންކަން 2023 ވަނަ އަހަރު ޙާޞިލުވެފައިވާ މިންވަރުގެ މައްޗަށް ތައްޔާރުކުރައްވާ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދިނުމަށް އެ މިނިސްޓްރީގައި ދެންނެވުމަށް ކޮމިޓީން ވަނީ ނިންމަވާފައެވެ. އަދި މި ޕްރެޒެންޓޭޝަނަށްފަހު ސަބް ކޮމިޓީގެ މަސައްކަތް ނިންމަވާނެ ތާރީޙެއް ކަނޑައެޅުއްވުމަށްވަނީ ނިންމަވާފައެވެ. 


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA