ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

25 ޖޫން 2024 11:00

ނަންބަރު

5

2024 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުސްވެފައިވާ މަޤާމުތަކުގެ ތެރެއިން 3 މަޤާމެއް އުވާލައި އިތުރު 2 މަޤާމު އުފެއްދުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. އަލަށް އުފެއްދުމަށް ހުށަހަޅާފައިވާ އިތުރު 2 މަޤާމަކީ، ޕާލިމަންޓަރީ އެޑިއުކޭޝަން ސެކްޝަނަށް ބޭނުންވާ ސީނިއަރ އޮފިސަރ ލެވެލްގެ މުވައްޒަފަކާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެސެޓްތައް މެނޭޖްކޮށް ބެލެހެއްޓުމަށް ބޭނުންވާ ސީނިއަރ އޮފިސަރ ލެވެލްގެ މުވައްޒަފެއް ކަމަށެވެ. އެގޮތުން، ހުށަހެޅިފައިވާ ގޮތަށް ފާސްކުރެއްވުމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވެވިއެވެ. މި ހުށަހެޅުއްވުމަށް އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢު ތާޢީދުކުރެއްވެވިއެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ ޖުމްލަ މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ. މި ވޯޓުގެ ނަތީޖާ ތިރީގައި އެވާނީއެވެ.


ވޯޓު: ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުސްވެފައިވާ މަޤާމުތަކުގެ ތެރެއިން 3 މަޤާމެއް އުވާލައި އިތުރު 2 މަޤާމު އުފެއްދުމަށް ހުށަހެޅުނު ގޮތަށް ފާސްކުރުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު:11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނަތީޖާ: ހުށަހެޅުން ފާސްވެފައި.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA