ކޮމިޓީގެ ނަން

ލާމަރުކަޒީ ކޮމިޓީ

ތާރީޚް

26 ޖޫން 2024 10:00

ނަންބަރު

4

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ކުރިއަށްގެންދެވީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެދިލެއްވުމާއެކު އެ އޮތޯރިޓީއާ ބައްދަލުކުރެއްވުމެވެ. ލޯކަލް ގަވަރވމަންޓް އޮތޯރިޓީގެ ފަރާތުން ކޮމިޓީއަށް ވަޑައިގެންނެވީ އަންނަނިވި ބޭފުޅުންނެވެ. 


1- ޑރ. މަރްޔަމް ޒުލްފާ - ޗީފް އެގްޒެކެޓިވް އޮފިސަރ

2- އާދަމް ޝަރީފް އަޙްމަދު - ޑިރެކްޓަރ ޖެނަރަލް

3- ޢަބްދުލް މޫމިން - އެސިސްޓަންޓް ޑިރެކްޓަރ

4- މަރްޔަމް ހުޒާލަތް ޚަލީލް - ލީގަލް އޮފިސަރ

5- މުޙައްމަދު ހަރީސް ހަނީފް - އެސިސްޓަންޓް ލީގަލް އޮފިސަރ

6- ލައުހާ މުޙައްމަދު - އެސިސްޓަންޓް ލީގަލް އޮފިސަރ


މި ބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިއްސާކުރައްވާ އަދި އެކަންތައްތައް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ކޮމިޓީއާ ހިއްސާކުރެއްވިއެވެ. އަދި، ކޮމިޓީގެ މެންބަރުން އެބޭފުޅުންގެ ޚިޔާލުތައް ފާޅުކުރައްވާ، ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމުގެ މަސައްކަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. 


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA