ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ (އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށް ހޮއްވެވި)

ތާރީޚް

16 ޖުލައި 2024 13:08

ނަންބަރު

2

މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ 2014، 2015، 2017، 2018، 2019، 2020، 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތައް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 2014، 2015، 2016، 2017، 2018، 2019، 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި އޮޑިޓް ރިޕޯޓްތަކުގައި އޮޑިޓަރ ޖެނެރަލް އަންކޮލިފައިޑް އޮޕީނިއަންއެއް ދެއްވާފައިވާތީ މި ރިޕޯޓްތައް ފައިލްކުރެއްވުމަށް ނިންމެވިއެވެ.

އެއަށްފަހު، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ 2016، 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކާއި، އެ އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކުރައްވާފައިވާ މައްސަލަތައް ހައްލުކުރެއްވުމާ ގުޅޭގޮތުން އެ އޮތޯރިޓީން ދެއްވާފައިވާ ޖަވާބުތައް ހިމެނޭ ރިޕޯޓެއް އެކުލަވާލައްވާ، މާލިއްޔަތު ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA