ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 34 ވަނަ ބައްދަލުވުން

9 އޮކްޓޯބަރު 2019 14:00 ނަންބަރު 34

ޚުލާސާ

1. އޮޑިޓަރ ޖެނެރަލް އޮފީހުން ފޮނުއްވާފައިވާ "އެމް.އެމް.ޕީ.އާރު.ސީގެ ހާއްޞަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންތައްތައް ހިނގާދިޔަ ގޮތާއި، ގުޅުންހުރި އިދާރާތަކުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ޚުލާސާ ރިޕޯޓު" އާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މިފަދަ ޚިޔާނާތްތައް ތަކުރާރުވިޔަނުދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ކުންފުނިތަކުގެ އިންޓަރނަލް ކޮންޓްރޯލްސް ހަރުދަނާކުރުމަށް ކުރެވިފައިވާ ކަންތައްތައްތަކުގެ ތަފްޞީލް ހޯދުމަށް އެމް.އެމް.ޕީ.އާރު.ސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. 2. އޮޑިޓަރ ޖެނެރަލް އޮފީހުން ފޮނުއްވާފައިވާ "ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މާލީ ކަންކަމާއި ހިންގުން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ކަރުދާހުގައިވާ ކަންކަން ހިމަނުއްވައި އެސް.އޯ.އީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ރިޕޯޓު" އާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އިސްވެ ދެންނެވި 2 ރިޕޯޓާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

1 ޖުލައި 2019

ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މާލީ ކަންކަމާއި ހިންގުން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހިމަނުއްވައި އެސް.އޯ.އީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ރިޕޯޓް

ކޮމެޓީ މަސައްކަތް ނިމިފައި

31 މާރިޗު 2019

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ އެމް.އެމް.ޕީ.އާރު.ސީގެ ޚާއްޞަ އޮޑިޓް ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA