ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 37 ވަނަ ބައްދަލުވުން

21 އޮކްޓޯބަރު 2019 14:00 ނަންބަރު 37

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "އެމް.އެމް.ޕީ.އާރު.ސީގެ ހާއްޞަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންތައްތައް ހިނގާދިޔަ ގޮތާއި، ގުޅުންހުރި އިދާރާތަކުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ޚުލާސާ ރިޕޯޓު" އާއި "ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މާލީ ކަންކަމާއި ހިންގުން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ކަރުދާހުގައިވާ ކަންކަން ހިމަނުއްވައި އެސް.އޯ.އީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ރިޕޯޓު" އާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނާތުގެ މައްސަލައިގައި އެ ޚިޔާނާތުގައި ދައުލަތުގެ ގުޅުންހުރި އިދާރާތަކުގައި ހުރި ހީނަރުކަމާއި އެކަންކަން ޙައްލުކުރެއްވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިންޓަރނަލް ކޮންޓްރޯލްސް އާއި ޕްރޮސީޖަރ ތަކުގައި ހުރި މައްސަލަތަކާ އެ ކަންތައްތައް އިސްލާޙުކުރައްވާނެ ގޮތްތަކާއި ކުންފުނިތަކުގެ އިންޓަރނަލް ކޮންޓްރޯލްސް ހަރުދަނާކުރާނެ ގޮތްތަކާ ގުޅޭގޮތުން މެންބަރުންނަށް މަޢުލޫމާތު ދެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

1 ޖުލައި 2019

ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މާލީ ކަންކަމާއި ހިންގުން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހިމަނުއްވައި އެސް.އޯ.އީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ރިޕޯޓް

ކޮމެޓީ މަސައްކަތް ނިމިފައި

31 މާރިޗު 2019

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ އެމް.އެމް.ޕީ.އާރު.ސީގެ ޚާއްޞަ އޮޑިޓް ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA