ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 41 ވަނަ ބައްދަލުވުން

4 ނޮވެމްބަރު 2019 15:30 ނަންބަރު 41

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި "އެމް.އެމް.ޕީ.އާރު.ސީގެ ހާއްޞަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންތައްތައް ހިނގާދިޔަ ގޮތާއި، ގުޅުންހުރި އިދާރާތަކުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ޚުލާސާ ރިޕޯޓު" ގައި ފާހަގަކުރައްވާފައިވާ މައްސަލަތައް ތަކުރާރުވިޔަނުދިނުމަށާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އިންޓާނަލް ކޮންޓްރޯލްސްތައް ހަރުދަނާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޒައިޓޭޝަން ބޯޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރެއްވުމަށް މިހާރު އަލަށް އެކުލަވާފައިވާ ބޯޑުން މަސައްކަތް ފަށާފައިވާކަމާއި، ކުންފުނިތަކުން ކޮންމެ އަހަރެއް ފެށުމުގެ ކުރިންވެސް ބަޖެޓެއް ތައްޔާރުކުރެވި އެއާ އެއްގޮތަށް ކުންފުނީގެ ޚަރަދުތައް ކުރުމަށް ކުންފުނިތަކަށް އެންގުމަށް ބޯޑުން މަސައްކަތް ކުރަމުންދާކަމަށާއި، ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުންގެ ޕާރފޯމަންސް ރިވިއު ހަދަމުންދާކަމަށާއި އަދި ސަރުކާރު ޙިއްސާވާ ކުންފުނިތައް ރޭންކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ. އަދި ކުންފުނިތަކުގެ އިންޓަރނަލް ކޮންޓްރޯލްސްތައް ހަރުދަނާކުރުމަށް ކުންފުނިން ރަނގަޅުކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު އެ ކުންފުނިތަކާ ޙިއްޞާކުރަމުންދާކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ބޯޑު މެންބަރުން އައްޔަންކުރުމުގައި އެކައުންޓިންގ އަދި ބިޒްނަސް ދާއިރާގެ ބޭފުޅުން އައްޔަންކުރުން މުޙިއްމުކަމަށާއި ބޯޑު މެންބަރުންގެ ސެލްފް އިންޓްރެސް ޑިކްލެއަރކުރުމުގެ އުޞޫލެއް އޮތުން މުހިއްމުކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަދި ކުންފުނީގެ އޮޑިޓް ފަންކްޝަންއަކީ ބޯޑަށް ޖަވާބުދާރީ ވާންޖެހޭ ބަޔަކަށް ހެދުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 މާރިޗު 2019

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ އެމް.އެމް.ޕީ.އާރު.ސީގެ ޚާއްޞަ އޮޑިޓް ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA