ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2021 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން

23 އޯގަސްޓު 2021 23:15 ނަންބަރު 32

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެމް.އެމް.ޕީ.އާރު.ސީ ގައި ހުރި މައްސަލަތަކަށް އިޞްލާޙީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެއްލެވުމަށް އެދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި މައްސަލައާ ގުޅިގެން އެ ކުންފުނިން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ކުރިންވެސް ކޮމިޓީން ހޯދާފައިވާތީއާއި އަދި މި މައްސަލައަކީ މާލިއްޔަތު ކޮމިޓީން ވެސް ބައްލަވަމުންދާ މައްސަލައަކަށްވާތީ، މި މައްސަލަ ކޮމިޓީގެ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ. ދެން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މާލީ ކަންކަމާއި ހިންގުން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ކަރުދާހުގައިވާ ކަންކަން ހިމަނުއްވައި އެސް.އޯ.އީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ރިޕޯޓާއި އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ އެމް.އެމް.ޕީ.އާރު.ސީގެ ހާއްޞަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންތައްތައް ހިނގާދިޔަ ގޮތާއި، ގުޅުންހުރި އިދާރާތަކުގެ ނިޒާމުގައި ހުރި މައްސަލަތަކުގެ ޚުލާސާ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންތައްތައް ދިރާސާކުރެއްވުމަށްފަހު ކޮމިޓީން ނިންމާފައިވާ ރިޕޯޓްތަކުގައި އެ ކަންތައްތަކާ ގުޅޭގޮތުން ގޮތްތަކެއް ނިންމާފައިވާތީ، އެ ދެ ރިޕޯޓް ކޮމިޓީގެ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

1 ޖުލައި 2019

ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ މާލީ ކަންކަމާއި ހިންގުން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހިމަނުއްވައި އެސް.އޯ.އީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ރިޕޯޓް

ކޮމެޓީ މަސައްކަތް ނިމިފައި

31 މާރިޗު 2019

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ އެމް.އެމް.ޕީ.އާރު.ސީގެ ޚާއްޞަ އޮޑިޓް ރިޕޯޓު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA