މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 2020 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

17 ފެބްރުއަރީ 2020 20:30 ނަންބަރު 8

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީޕްލޭން ޓަރމިނަލް ކުއްޔަށްދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ. މި މައްސަލައިގައި މިނިސްޓްރީ އޮފް ފިނޭންސް އިން ފާހަގަކުރައްވާފައިވާ ކަންތައްތައް: 1.1.1. ސީޕްލޭން ޓާރމިނަލް ކުރީގެ ސަރުކާރުން އެއް އޮޕަރޭޓަރަކަށް ދޭންކުރަމުން ދިޔަ މަސައްކަތް މިސަރުކާރުންވަނީ ހުއްޓުވާފައިކަމާއި، މިނިންމުގެ ސަބަބުން އެމްއޭސީއެލަށް ލިބެން އޮތް އާމްދަނީ 5 (ފަހެއް) މިލިއަނުން 33 (ތިރީސްތިނެއް) މިލިއަން ޑޮލަރަށް އިތުރުވެގެން ދާނެކަމަށް؛ 1.1.2. ސީޕްލޭން ޓާރމިނަލް މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ އައު ރަންވޭގެ މަސައްކަތްވެސް ކުރިއަށް ދިޔައިރު ސީޕްލޭން ޓާރމިނަލްއަށް ބޭނުންވާ ގެރެންޓީ ދީ، ފައިނޭންސް ހަމަޖެހިފައިވަނީ ޕްރޮޖެކްޓުގެ މަސައްކަތްކުރިޔަށް ގެންދިޔަފަހުން 2018 ވަނަ އަހަރު މެދުތެރޭގައިކަމާއި، މި ޕްރޮޖެކްޓަކީ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާގެ %85 (އަށްޑިހަފަހެއް އިންސައްތަ) ލޯން ނަގައިގެން ހިންގާ ޕްރޮޖެކްޓެއްކަމާއި، މުޅި ޕްރޮޖެކްޓް ހިންގުމަށް ލޯންގެ ގޮތުގައި ސަރުކާރުން ގެރެންޓީދީގެން ނަގާފައިވަނީ 47 (ސާޅީސްހަތެއް) މިލިއަން ޑޮލަރުކަމާއި، މިލޯން ނަގާފައިވަނީ 11 (އެގާރަ) އަހަރުން އަނބުރާ ދައްކާގޮތަށްކަމަށާއި، މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަކީ އެއަރޕޯޓު އެކްސްޕޭންޝަން ޕްލޭން ފުރިހަމަކުރުމަށާއި އަދި ޕެސެންޖަރ ޓްރެފިކް މެނޭޖްކުރުމަށް ކޮންމެހެން މުޙިއްމުކަމެއްކަމަށް؛ 1.1.3. ސީޕްލޭން އޮޕަރޭޓަރުންނަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ ދެމެހެއްޓުމުގައި އަދި ތަރައްޤީކުރުމުގައި މުޙިއްމު ރޯލެއް އަދާކުރާ ބަޔަކަށްވާއިރު ސީޕްލޭން އޮޕަރޭޓުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އެއަރޕޯޓް އެކްސްޕޭންޝަން ޕްލޭންގެ ތެރެއިން ސަރުކާރުން ތަރައްޤީކޮށް ހުރިހާ އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް އޮތުމަކީ އިންޑަސްޓްރީގެ ކުރިއެރުމަށާއި އަދި އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މުޙިއްމުކަމެކަމަށް؛ 1.1.4. މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު އެމްއޭސީއެލްއިން ޓީއެމްއޭއާ ވާހަކަދައްކަމުން ގޮސްފައިވަނީ ސީޕްލޭން ޓަރމިނަލް އޭރު ޓީއެމްއޭއިން އެމްއޭސީއެލްއިން ދައްކަމުން ދިޔަ ކުލީގައި އެފަރާތަށް ކުއްޔަށްދިނުމަށްކަމަށް؛ 1.1.5. މި ސަރުކާރުން ޙަވާލުވުމަށްފަހު އެމްއޭސީއެލްގެ ވިޔަފާރި ކުރިއެރުވުމުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް ހަމަޖެއްސުމާއެކު، ސީޕްލޭން ޓަރމިނަލް ކުރިން އެމްއޭސީއެލްއިން ކުއްޔަށްދިނުމަށް މަސައްކަތްކުރަމުން ގެންދިޔަ ގޮތަށް ކުއްޔަށް ނުދިނުމަށް ވަނީ އަންގާފައިކަމަށް؛ 1.1.6. އޭގެ އިތުރުން އެމްއޭސީއެލްއިން ކުރިން ސީޕްލޭން ޓާރމިނަލް ވަކި ބަޔަކަށް ދިނުމަށް މަސައްކަތްކޮށްފައިވާތީ ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ގެއްލުނަ ނުދިނުމަށް %100 ޙިއްޞާދާރުގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް ފިނޭންސްއިންވާނީ ސީޕްލޭން ޓާރމިނަލް ހިންގާނެ ގޮތެއް ކަނޑަޅަންވާނީ މިނިސްޓްރީ އޮފް ފައިނޭންސަށް ލިޔެ ހުއްދަ ހޯދުމަށްފަހުގައިކަމަށް އެމްއޭސީއެލްއަށް އަންގާފާއިވާކަމަށް؛ 1.1.7. އަދި ސީޕްލޭން އޮޕަރޭޓު ކުރުމުގައި ދައުލަތަށް އެންމެ ފައިދާ ހުރިގޮތެއް ނިންމުމަށް ގިނަ ފަރާތްތަކަކާ މަޝްވަރާކުރައްވާފައިވާކަމާއި، މިގޮތުން ސަރުކާރުން ގޮތްތައް ކަނޑައެޅުމުގައި ބަލާފައިވާނީ އެމްއޭސީއެލްއަށް ލިބެންއޮތް އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް ޢަމަލުކުރުމާއެކު ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރުވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވާނެ ގޮތަކަށް ޢަމަލުކުރުމަށާއި، އަދި ކުރިއަށް އޮތްތަނުގައި އިތުރު ސީޕްލޭން އޮޕަރޭޓަރުންނަށް މި އިންޑަސްޓްރީގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެގޮތަކަށް ޢަމަލުކުރުމަށްކަމަށް؛ 1.1.8. އަދި ގޮތެއް ނިންމުމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް މިހާރު ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކުން ހަދާފައިވާ އިންވެސްޓްމަންޓްތައް ދޫކޮށް އައު ސީޕްލޭން ޓަރމިނަލަށް ބަދަލުވާއިރު ހުރިހާ ފަރާތްތަކަކަށްވެސް އިންސާފުވެރިކޮށް ޢަމަލުކުރުމަށް ބަލާފައިވާކަމަށް؛ 1.1.9. މިގޮތުން ސަރުކާރުން އެމްއޭސީއެލްއަށް ހުށަހަޅާފައިވާނީ ތިރީގައިވާ ގޮތަށް ސީޕްލޭން ޓަރމިނަލް އެމްއޭސީއެލްއިން އޮޕަރޭޓްކުރާ ގޮތަށް ކުރިޔަށް ގެންދިޔުމަށްކަމަށް: 1.1.9.1. ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އަށް، މިހާރު އެ އޮޕަރޭޓަރު ބޭނުންކުރަމުންދާ ޖާގައިގެ ބޮޑު މިނާއި އެއްވަރަށް، މިގޮތަށް މިހާރު ބޭނުންކުރާ ލައުންޖު ސްޕޭސް އާއި އެއްވަރުގެ ޖާގައެއް ހިމެނޭގޮތަށް (ގާތްގަނޑަކަށް 6،300 އަކަމީޓަރު) 10.35 (ދިހައެއް ޕޮއިންޓް ތިނެއް ފަހެއް) އެމެރިކާ ޑޮލަރު އަކަމީޓަރަކަށް މަހަކަށް ދާއްކާގޮތަށް، އައު ސީޕްލޭން ޓާރމިނަލުން، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަކަށް ދިނުމަށް؛ 1.1.9.2. މަންޓާ އެއަރއަށް، އެފަރާތުގެ މިހާރުގެ އޮޕަރޭޝަނަށް އެކަށީގެންވާ ލައުންޖު ޖާގަ، 10.35 (ދިހެއް ޕޮއިންޓް ތިނެއް ފަހެއް) އެމެރިކާ ޑޮލަރަށް ކޮންސެޝަނަލް ރޭޓުގައި (އަކަމީޓަރަކަށް، މަހަކަށް)، 2 (ދޭއް) އަހަރުގެ މުއްދަތަކަށް ދިނުމަށް؛ 1.1.9.3. މަތީގައިވާގޮތަށް އޮޕްރޭޓަރުންނަށް ލައުންޖު ޖާގަ ހަމަޖެއްސުމަށްފަހު، ބާކީވާ ލައުންޖު ސްޕޭސްއަށްވާ ޖާގަ، ޑިމާންޑަށްބަލައި، ޓެންޑަރ އުޞޫލުން އެމްއޭސީއެލްއިން ހުޅުވާލައި، ކޮމްޕެޓިޓިވް މާކެޓް ރޭޓުތަކެއް ދެމެހެއްޓޭނެފަދަ ގޮތަކަށް ދޫކުރުމަށް؛ 1.1.9.4. އައިލެންޑް އޭވިއޭޝަން މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލްގެ ޖާގަ ކުރިއަށް އޮތްތަނުގައިވެސް އެފަރާތުން ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، ކޮންސެޝަނަލް ރޭޓުގައި އައު ސީޕްލޭން ޓަރމިނަލްއިން ޖާގަ އެފަރާތަށް ނުދިނުމަށާއި، ނަމަވެސް އެމްއޭސީއެލްއިން ލައުންޖު ސްޕޭސް ދޫކުރުމަށް ބިޑަށް ހުޅުވައިލުމުން، އައިލެންޑް އޭވިއޭޝަނަށްވެސް ބިޑުކުރުމުގެ ތެރެއިން އެޖާގަ ހޯދުމުގެ ފުރުޞަތު އޮންނާނެގޮތަށް ކުރިޔަށް ގެންދިޔުމަށް؛ 1.1.9.5. ހުރިހާ އޮޕްރޭޓަރުންނަށްވެސް މިހާރުގެ އޮޕަރޭޝަންސް ހިންގާނެ މިންވަރަށް، ޗެކް-އިން ކުރާނެ ޖާގައާއި އޮފީސް ހިންގާނެ ޖާގަ، 2 (ދޭއް) އަހަރުގެ ދުވަހުގެ މުއްދަތައް ހަމަޖައްސައިދިނުމަށާއި، އަދި މިގޮތަށް ހަމަޖައްސަވާއިރު، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ސީޕްލޭން ވިޔަފާރީގެ ތެރެއަށް 3-2 އައު އޮޕަރޭޓަރުން އައިސްފާނެކަމަށް ބަލައި، އެއޮޕަރޭޓަރުންނަށް އެފަރާތްތަކުގެ އޮޕަރޭޝަން ހިންގުމަށް ބޭނުންވާނެ ޖާގަ ލިބޭނެގޮތަކަށް ރިޢާޔަތްކޮށް ކުރިޔަށް ގެންދެވުމަށް؛ 1.1.9.6. 2 (ދޭއް) އަހަރުގެ މުއްދަތުގެ ތެރޭގައި އައު ސީޕްލޭން ޓަރމިނަލްގެ ފުލް އޮޕަރޭޝަން ހިންގުމަށް އެމްއޭސީއެލްއިން ތައްޔާރުވުމުގެ ގޮތުން ޕްލޭނެއް އެކުލަވާލައި އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްކަމަށް؛ 1.1.9.7. ޓީއެމްއޭއިން މިހާރު ބޭނުންކުރުމުން އަންނަ މެއިންޓެނަންސް އެންޑް ރިޕެއަރ އޮޕަރޭޝަންސް ފެސިލިޓީ (އެމްއާރއޯ) ވެލާނާ އެއަރޕޯޓުގެ އައު ރަންވޭ އޮޕަރޭޝަނަށް ގެނައުމަށް އެތަނުން ނަގަން އަންގާފައިވުމާއެކު، އައު ސީޕްލޭން ޓަރމިނަލް އެޅުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުނު އިރު އެ ޓަރމިނަލާއެކު ތަރައްޤީކޮށްފައިވާ އައު އެމްއާރއޯއަކީ ޓީއެމެއޭގެ ބޭނުމަށް ޢިމާރާތްކުރެވިފައިވާ ފެސިލިޓީއެއް ކަމަށްވާތީ، އެފަރާތަށް އެމްއާރއޯ ޙަވާލުކުރުމުގައި އެމްއޭސީއެލް އާއި ޓީއެމްއޭ އާއި ދެމެދު އެއްބަސްވެވޭ ގޮތަކަށް ޓަރމްސްތައް ކަނޑައެޅުމަށާއި، އަދި މިގޮތަށް ކަނޑައެޅުމުގައި އެހެން އޮޕަރޭޓަރުންނަށް އެމްއާރުއޯ ދޫކޮށްފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމަށް؛ 1.1.10. މިގޮތަށް ސީޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުން ކުރިޔަށް ގެންދިޔުމުން ސީޕްލޭން އޮޕަރޭޝަންސް ވާދާވެރިކަން މިހާރަށްވުރެ އިތުރުކުރަން ފުރުޞަތު ލިބި އަދި މިހާރުވެސް ސީޕްލޭން އޮޕަރޭޝަންސް ހިންގާ ފަރާތްތަކުގެ އިތުބާރާއެކު، ސީޕްލޭން ޓަރމިނަލަށް ކުރިއަށް ގެންގޮސް، އެމްއޭސީއެލަށް ސީޕްލޭން ޓަރމިނަލުން ބޮޑު އާންމުދަނީއެއް ލިބިގެންދާނެކަމަށް؛ 1.1.11. ސަރުކާރުން މިހާރު ސީޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުމަށް ނިންމާފައިވާ ގޮތަށް ބަލާއިރު އަދި އޮޑިޓަރ ޖެނެރަލް ރިޕޯޓުގައި ފާހަގަކޮށްފައިވާ އާމްދަނީގެ ޢަދަދުތަކަށް ބަލާއިރު ފުރަތަމަ 2 (ދޭއް) އަހަރު ސީޕްލޭން ޓަރމިނަލް ހިންގައިގެން އެމްއޭސީއެލްއަށް 33.7 (ތިރީސް ތިނެއް ޕޮއިންޓް ހަތެއް) މިލިއަން ޑޮލަރު އަހަރަކު ލިބޭނެކަމަށާއި، އަދި 2 އަހަރު ފަހުން ޖުމްލަ 47.3 (ސާޅީސް ހަތެއް ޕޮއިންޓް ތިނެއް) މިލިއަން ޑޮލަރު އަހަރަކު ސީޕްލޭން ޓަރމިނަލް ހިންގައިގެން އެމްއޭސީއެލްއަށް ލިބޭނެކަމަށް؛ 1.1.12. ސީޕްލޭން ޓަރމިނަލް އޮޕަރޭޝަންސްއަކީ ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުބާރާއެކު ދޭންޖެހޭ ޚިދުމަތެއްކަމަށް ކުރިއަށް އޮތް 2 އަހަރުތެރޭ ސީޕްލޭން ޓަރމިނަލްގެ މުޅި އޮޕަރޭޝަން އެމްއޭސީއެލްއިން ޙަވާލުވުމަށްވެސް ސަރުކާރުން ހުށަހަޅާފައިވާކަމަށް؛ 1.1.13. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ފަދައިން އެމްއޭސީއެލްއިން އަމިއްލައަށް ސީޕްލޭން ޓަރމިނަލް އޮޕަރޭޓުކުރުމަށް ބޭނުންވާ އޮޕަރޭޝަނަލް ޕްލޭނާއި އެކްޝަން ޕްލޭނެއް ތައްޔާރުކުރެވިފައިނުވާކަމާއި، އަދި ސީޕްލޭން ޓަރމިނަލް އޮޕަރޭޝަންސް ޓޭކްއޯވަރކުރާނެ ޓައިމްލައިނެއް ތައްޔާރުކޮށްފައިނުވާކަމާއި، މި ޚިދުމަތަކީ ފަތުރުވެރިކަމުގެ އިންޑަސްޓްރީކުރިއަށް ގެންދިއުމުގައި އަސާސީ ޚިދުމަތް މެދުނުކެނޑޭނެކަން ޔަޤީންކުރުމާއި އަދި ފަތުރުވެރިންނަށް ދޭ ޚިދުމަތް މިހާރުވެސް ދެމުންގެންދާ ފެންވަރުގައި ދެވޭނެކަން ޔަޤީންކުރުމަށް އެމްއޭސީއެލްއިން މުޅި ޓަރމިނަލްގެ އޮޕަރޭޝަންސްއާ ޙަވާލުވުމަށް ވަގުތު ދިނުން މުޙިއްމުކަމަށް ސަރުކާރުން ޤާބޫލުކުރާކަމަށް؛ 1.1.14. ކުރިން ދެންނެވިހެން ކުރީގެ ސަރުކާރުން މަސައްކަތްކުރަމުން ދިޔައީ ވަކި އޮޕަރޭޓަރަކަށް ޓަރމިނަލް ދިނުމަށްކަމަށްވާތީ، މިފަދަ ޕްލޭނެއް ތައްޔާރުކޮށްފައެއްނުވާކަމާއި، އެކަން ކުރުމަކީވެސް އޭރު އެބޭފުޅުންނަށް މުޙިއްމުކަމެއްކަމުގައި ނުވާކަމަށް؛ 1.1.15. ކޮރަޕްޝަން ހުއްޓުވުމާ ބެހޭ ޤާނޫނުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް މަސައްކަތް ކުރުމަކީވެސް ކުށެއްކަމުން، ސީޕްލޭން ޓަރމިނަލް ވަކި ފަރާތަކާ ޙަވާލުކުރުމަށް މިގޮތަށްކޮށްފައިވާ މަސައްކަތްތައް ބަލައި އެކަމާ ގުޅޭގޮތުން އެސީސީ ފަދަ މުވައްސަސާތަކުން ފިޔަވަޅު އެޅުން މުޙިއްމުކަމެއްކަމުގައި ދެކޭކަމަށް؛ 1.1.16. އައު ރަންވޭ ނުހުޅުވާ މަޑުކުރާ ކޮންމެ ދުވަހަކީ ދައުލަތައް މާލީގޮތުން ބޮޑު ގެއްލުމެއް ވަމުންދާ ދުވަހެއްކަމާއި، އައު ސީޕްލޭން ޓަރމިނަލް އޮޕަރޭޓުކުރަން ފެށުމުން އެމްއޭސީއެލްގެ އާމްދަނީ އިތުރުވެ އުއު ރަންވޭ ހުޅުވުމަށް އެއަރޕޯޓް ޓްރެފިކް އިތުރުވެގެން ދާނެކަމާއި، އައު ރަންވޭ ޙަވާލުނުކުރެވި ލަސްވަމުން ދިއުމާ ގުޅިގެން ކޮންޓްރެކްޓަރަށް ޑިލޭ ޑެމޭޖަސްގެ ގޮތުގައިވެސް ފައިސާ ޚަރަދުވާނެކަމާއި، މިހާރުގެ ސީޕްލޭން ޓަރމިނަލް އެހެން ތަނަކަށް ބަދަލުނުކޮށް އައެ ރަންވޭ ހުޅުވޭކަށް ނެތްކަމާއި، އެހެންކަމުން ސަރުކާރުން މިހާރު ނިންމާފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ލަފާދެއްވާފައިވާ ދެގޮތުންކުރެ އެއްގޮތަށް ރިޢާޔަތްކޮށްކަމަށާއި، އަދި މިގޮތަށް ނިންމުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ދެމެހެއްޓުމަށް ބާރަކަށް ވެގެންދާނެކަމަށް؛ 1.1.17. މިހާރު ސަރުކާރުން ނިންމާފައިވާ ގޮތުން އައު ޓާރމިނަލްގެ މަސައްކަތް ނިމޭއެރު ސީޕްލޭން ޓަރމިނަލްގެ ހުރިހާކަމެއް ކުރިއަށް ގެންދާނީ އެމްއޭސީއެލްއިންކަމަށް؛ 1.1.18. ސަރުކާރުގެ އަމާޒަކީ އެމްއޭސީއެލްއިން ކުރާ ބޮޑެތި އިންފްރާސްޓްރަކްޗަރ މަސައްކަތްރައް ވީ އެންމެ އަވަހަކަށް ނިންމާ ޚިދުމަތް ފެށޭނެ މަގު ފަހިކުރުމަށްކަމަށް؛ އަދި 1.1.19. ސަރުކާރުން އައު ޓަރމިނަލް މަސައްކަތް ހުއްޓިފައިވަނިކޮށް މިހާރު އެ ޓަރމިނަލްގެ މަސައްކަތް ފެށޭނެ މަގުފަހިކޮށް އެކަން ކުރިއަށް ގެންދަންވާނީ ފަށާފައިކަމާއި، މި ޓަރމިނަލް ނިންމުމަކީ އައު ރަންވޭ އޮޕަރޭޓްކުރަން ފަށާ އޭގެ ފުރިހަމަ ފައިދާ ލިބުމަށް ކޮންމެހެން މުޙިއްމުކަމެއްކަމަށާއި، އައު ރަންވޭ އާއި ޓަރމިނަލް ގެ މަސައްކަތް ނިމުމުން ސީޕްލޭން އޮޕަރޭޝަންސްގެ ޑިމާންޑްވެސް އެތައް ގުނައެއް އިތުރުވާނެކަމާއި، މިކަމަށް ކޭޓަރކުރުމަށް އިތުރު އޮޕަރޭޓަރުން މާކެޓަށް ވަނުމަކީވެސް އެކަށީގެންވާ ކަމެއްކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

19 އޯގަސްޓު 2019

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސީޕްލޭން ޓަރމިނަލް ކުއްޔަށްދޫކުރުމުގެ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA