ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

24 ފެބްރުއަރީ 2020 10:30

ނަންބަރު

12

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

ޤާނޫނު ނަންބަރު 2010/6 ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖީލީހަށް ނަން ފޮނުވުމާގުޅިގެން އެ މައްސަލަ ދިރާސާކޮށް ނިންމެވުމަށްތަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމާގުޅިގެން އެ ފަރާތްތަކާ އިންޓަވިއު ކުރުމެވެ. އެ ގޮތުން މި އަދު ބައްދަލުވުމުގައި އިންޓަވިއު ކުރުމަށް އެޖެންޑާ ކުރެވިފައިވާ 5 ބޭފުޅުންނަކީ: 1.އަލްފާޟިލާ ޝިފްލާ އިބްރާހީމް (މޫސާ ވަސީމް - ރެފެރަލް) 10:00-11:00 2.އަލްފާޟިލާ އާމިނަތު އަމީނާ (މުޙައްމަދު ޙަމްދޫން - ރެފެރަލް) 11:00-12:00 3.އަލްފާޟިލާ ސައުދާ ސަލީމް 12:00-13:00 4.އަލްފާޟިލް މުޙައްމަދު ފަޒީން (ނާޒްމީ ސައީދު - ރެފެރަލް)14:00-15:00 5.އަލްފާޟިލް މޫސާ ރިޟްވާން 15:00-16:00 މި ބައްދަލުވުމުގައި އިންޓަވިއު ކުރެވިފައިވާ 3 ބޭފުޅުންނަކީ: 1.އަލްފާޟިލާ ޝިފްލާ އިބްރާހީމް 2.އަލްފާޟިލާ އާމިނަތު އަމީނާ 3.އަލްފާޟިލާ ސައުދާ ސަލީމް މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި މަޝްވަރާ ކުރެވުނީ ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ޤާސިމް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް އެ މަނިކުފާނުގެ ދާއިރާގެ ރަށެއްގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ސިޓީ ފޮނުވުމުން އެ މިނިސްޓްރީން އެ މަނިކުފާނަށް މަޢުލޫމާތު ފޯރުކޮށްދެވެން އޮތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ފޯމް ފުރިހަމަކޮށް ފޯމު ލުމުންކަމަށް ސިޓީއަކުން ޖަވާބު ދެއްވާފައި އޮތުމުން އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަމަކީ ކޮބައިތޯ ބައްލަވައި ދިނުމަށް ކޮމިޓީއަށް ހުށަހެޅުމުން ، މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ލަފާ ދެއްވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅުމަށެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA