ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

16 މޭ 2022 10:00

ނަންބަރު

9

2022 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 115 ވަނަ މާއްދާގެ (ތ) ގައިވާ ގޮތުގެމަތިން، ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަލްފާޟިލް އަޙްމަދު ލަޠީފް، ހ.ސީވީޑް، އަނބުރާ ގެންނެވުމަށް ނިންމަވައި، އެ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، އެ މަޤާމަށް، އަލްފާޟިލާ ޢާއިޝަތު ޝާން ޝާކިރު، ގ.ޕެންޒީމާގެ، ހަމަޖެއްސުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމެވެ. އެގޮތުން، ކޮމިޓީގެ މެންބަރުންގެ މެދުގައި މި މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމަށްފަހު، އަލްފާޟިލާ ޢާއިޝަތު ޝާން ޝާކިރު، ގ.ޕެންޒީމާގެ، އަކީ ކުރިންވެސް ކޮމިޓީން ރުހުންދެއްވާފައިވާ ފަރާތެއްކަމަށްވާތީއާއި މިހާރުވެސް ފޮރިން ސަރވިސްގެ ޕްރޮޓޮކޯލް މަޤާމެއްގައި ހުންނަވާ ފަރާތަކަށްވާތީއާއި އަދި 2016 އިން 2020 އަށް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަންވެސް ކުރައްވާފައިވާ ފަރާތެއްކަމަށްވާތީ، މި ކަމަނާއަށް ރުހުން ދިނުމަށް ފެންނަކަމަށް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 144 ވަނަ އެސެމްބްލީއިން ފާސްކުރައްވާފައިވާ، "ޕީސްފުލް ރެޒޮލިއުޝަން އޮފް ދަ ވަރ އިން ޔޫކްރައިން، ރެސްޕެކްޓިންގ އިންޓަރނޭޝަނަލް ލޯ، ދަ ޗާޓަރ އޮފް ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ޓެރިޓޯރިއަލް އިންޓަގްރިޓީ" ޤަރާރާ ގުޅޭގޮތުން ވެސް ކޮމިޓީން އިތުރަށް މަޝްވަރާކުރެއްވިއެވެ. އެގޮތުން، ޖުމްލަ ގޮތެއްގައި މި ޤަރާރަށް ކޮމިޓީން ތާއީދުކުރުމަށް ނެގި ވޯޓު ފާސްވުމަށް ބޭނުންވާ ވަރަށް ވޯޓު ނުލިބުމުން މި ހުށަހެޅުއްވުން ފާސްވެގެން ނުދިޔައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA