ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

12 ފެބްރުއަރީ 2024 12:30

ނަންބަރު

1

ޢާންމު ކޮމިޓީގެ 2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ބަދަލުއައިސްފައިވާތީ، ކޮމިޓީގެ މުޤައްރިރު އިންތިޚާބުކުރުމެވެ. މިމަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ސީނިއަރ އޮފިސަރ، އަލްފާޟިލާ އަސްމާ ސަލީމް އެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި 2 ހުށަހެޅުމެއް ހުށަހެޅުނެވެ. ފުރަތަމަ ހުށަހެޅުމަކީ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވައި، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާޢީދުކުރެއވި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްގެ ނަންފުޅެވެ. ދެވަނަ ހުށަހެޅުމަކީ، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ހުށަހަޅުއްވައި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކުރެއްވި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުގެ ނަންފުޅެވެ. މި ހުށަހެޅުމާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީގެ ދެން އޮންނަ ބައްދަލުވުމެއްގައި މި ދެ ހުށަހެޅުމަށް ވޯޓަށް އެހުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
13 ފެބްރުއަރީ 2024 - މުޤައްރިރު ހޮއްވެވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA