ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

13 ފެބްރުއަރީ 2024 11:30

ނަންބަރު

1

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2024 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވުނު ބަދަލާ ގުޅިގެން ކޮމިޓީ އަލުން އެކުލަވާލާފައިވާތީ، ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު އަލުން އިންތިޚާބުކުރަން މެންބަރުންނަށް ފެނިވަޑައިގަންނަވާތޯ ބެއްލެވިއެވެ. މިގޮތުން ކޮމިޓީގައި މިހާރު ތިބި މުޤައްރިރާއި ނައިބު މުޤައްރިރާއެކު ކުރިއަށްގެންދަން ފެންނަކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވައި، މާފަންނު މެދު ދާއރާގެ މެންބަރު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޒްނުކުރައްވާތީ، އެ ހުށަހެޅުއްވުން ފާސްވިއެވެ. އެއަށްފަހު ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޙިލާފަށް މުވައްޒަފުންނާމެދު ޢަމަލުރައްވަމުންދާކަމަށް ބަޔާންކޮށް، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ފޮނުއްވާފައިވަ މައްސަލައިގެ މަޢުލޫމާތު އެ ކުންފުނިން ހޯދުމަށް ނިންމެވިއެވެ. އަދި ކުންފުނީގެ އެޖެންޑާގައި މަސައްކަތް ނުފެށި ހުރި ހުރިހާ މައްސަލަތަކުގެ މަޢުލޫމާތު ލިޔުމުން ހޯދުމަށާއި، ޖަވާބު ނުދޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށާއި، އިދާރާތަކުން ފޮނުވާ މަޢުލޫމާތު ދިރާސާކުރެއްވުމަށްފަހު ބައްދަލުކުރަން ޖެހޭ ފަރާތްތަކާ ބައްދަލުކުރުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޒްނުކުރައްވާތީ، އެ ހުށަހެޅުއްވުން ފާސްވިއެވެ. ދެން ޏ. ފުވައްމުލަކުގެ ކަރަންޓު ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ އެއް ޖެންސެޓަށް ދިމާވި މައްސަލަ ޙައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންނުދާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެ މައްސަލައިގެ މަޢުލޫމާތު ސާފުކުރެއްވުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު، މިފްކޯގެ ވަޞީލަތްތައް ސިޔާސީ ކަންކަމުގައި ބޭނުންކުރަމުންދާތީ، އެ މައްސަލައިގައި މިފްކޯއާއި ޕީސީބީ ބޯޑު ކޮމިޓީއަށް ހާޒިރުކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ތާއިދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިއުތިރާޒްނުކުރައްވާތީ، އެ ހުށަހެޅުއްވުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA