ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

13 ފެބްރުއަރީ 2024 10:00

ނަންބަރު

2

ޢާންމު ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ބަދަލުއައިސްފައިވާތީ، ކޮމިޓީގެ މުޤައްރިރު ކަމުގައި ކުރިން ހުންނެވި މެންބަރުގެ ޕާޓީ ބަލަދުކޮށްފައިވުމުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 133 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރު ހޮއްވެވުމަށް ކޮމިޓީގެ 1 ވަނަ ބައްދަލުވުމުގައި ލިބިފައިވާ ހުށަހެޅުންތަކަށް ވޯޓަށް އެހުމެވެ. އެގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ހުށަހެޅުން ފާސްކުރުމަށް ފެންނަކަމަށް 4 މެންބަރުން ވޯޓު ދެއްވިއެވެ. މި ހުށަހެޅުން ފާސްވާ ވަރަށް ވޯޓު ލިބިފައިނުވާތީ މި ހުށަހެޅުން ފާހެއްނުވެއެވެ. ކޮމިޓީގެ ދެވަނަ ހުށަހެޅުމަށް ވޯޓަށް އެހުމުން މި ހުށަހެޅުން ފާސްކުރުމަށް 6 މެންބަރުން ވޯޓު ދެއްވިއެވެ. ެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 2 މެންބަރުން ތިއްބެވިއެވެ. މި ހުށަހެޅުން ފާސްކުރުމަށް 6 ވޯޓު ލިބިފައިވާތީ ކޮމިޓީގެ އަޣްލަބިއްޔަތުން ކޮމިޓީގެ މުޤައްރިރުކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އިންތިޚާބު ކުރެވުނެވެ. އެއަށްފަހު ކުރިއަށް ގެންދެވީ ކޮމިޓީގެ ނައިބު މުޤައްރިރު ހޮއްވެވުމެވެ. ނައިބު މުޤައްރިރަކަށް ހުންނަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުމުން 1 (އެކެއް) ހުށަހެޅުން ލިބުނެވެ. އެ ހުށަހެޅުމަކީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާޢީދުކުރެއްވި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމްގެ ނަންފުޅެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން މި ހުށަހެޅުން ފާސްކުރުމަށް ފެންނަ ކަމަށް 4 މެންބަރުން ވޯޓު ދެއްވިއެވެ. މި ހުށަހެޅުން ފާސްވުމަށް ބޭނުންވާ އަދަދަށް ވޯޓު ލިބިފައިނުވާތީ މި ހުށަހެޅުން ފާހެއްނުވިއެވެ. ދެވަނަ ހުށަހެޅުމެއްގެ ގޮތުންވެސް ކޮމިޓީގެ ނައިބު މުޤައްރިރުކަމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމްގެ ނަންފުޅު އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވައި، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ތާޢިދުކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޓީގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
13 ފެބްރުއަރީ 2024 - ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA