ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

2020 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

4 އޭޕްރީލު 2020 21:10 ނަންބަރު 16

ޚުލާސާ

- ކޮވިޑް-19އާ ގުޅިގެން ކޮމިޓީގެ ދާއިރާގެ ތެރޭ ހިމެނޭ މުއައްސަސާތަކުގެ މަސައްކަތްތައް ރޭވިފައިވާގޮތާއި، އެ މުއައްސަސާތަކަށް މަސައްކަތްކުރުމުގައި ދިމާވާނެ ގޮންޖެހުންތަކާއި، އެކަންކަމާމެދު ޢަމަލުކުރަމުންދާގޮތް ސާފުކުރުމަށް އެ މުއައްސަސާތަކަށް ސިޓި ފޮނުވުމަށް ނިންމެވި. - ކޮވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ސޯޝަލް އިމްޕެކްޓް އެސެސްމަންޓެއް ތައްޔާރުކުރައްވާފައިވޭތޯއާއި، ވާނަމަ އެ އެސެސްމަންޓް ޙިއްޞާކޮށްދެއްވުމަށް އެދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ސިޓީ ފޮނުވަން ނިންމެވި. - އިންސާނީ ހައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ވަކިން ޙާއްސަކޮށް ޚާއްޞަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އަދި ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރައްވަމުންގެންދަވާ ކަންތައްތައް ސާފުކުރެއްވުމަށް އެކޮމިޝަނަށް ސިޓީ ފޮނުވުމަށް ނިންމެވި. - ކޮވިޑް-19އާ ގުޅިގެން ފުރަމަންދުވެފައިވާ ޙާލަތުގައި، ރައްކާތެރިނޫން ޢާއިލާތަކާއި ގޭބިސީތަކުގައި އެކަހެރިވާން މަޖްބޫރުވެފައިވާ ފަރާތްތަކާއި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާތަކުން ކުޑަކުދިންނާއި، އަންހެނުން ރައްކާތެރިކުރުމަށްޓަކައި އެ އިދާރާތަކުން އަޅުއްވަން ނިންމަވާފައިވާ ޚާއްޞަ ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ، އެންޑް ސޯޝަލް ސަރވިސަސްއަށް ވެސް ސިޓީ ފޮނުއްވުމަށް ނިންމެވި.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

1 އޭޕްރީލު 2020

ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA