ޖަލްސާގެ ނަން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 41 ވަނަ ޖަލްސާ

އެޖެންޑާ ނަންބަރު

އޖ/41/2024

ދައުރު

2024ވަނަ އަހަރުގެ ތިންވަނަ ދައުރު

ތާރީހު

ހޯމަ 28 އޮކްޓޯބަރު 2024 09:00

ތަން

ރައްޔިތުންގެ މަޖިލިސް

ޖަލްސާގެ ޚުލާސާ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާންއާ ސުވާލުކުރެއްވުން.

ސަރުކާރުގެ ފަރާތުން، ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.

ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން.

ސަރުކާރުގެ ފަރާތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދެވުމަށްފަހު، ބިލު މަޖިލީހުން ބަލައިގަތުން.

ރިޕަބްލިކް އޮފް އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސްކުރެއްވުމަށްފަހު، މ.ބީނާފުށި، އަލްފާޟިލާ ޢާއިޝަތު ޢަޒީމާގެ ނަންފުޅު މަޖިލީހުން ފާސްކުރެއްވުން.

2024 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓުގެ ކޮމިޓީގެ މަސައްކަތް ނިންމެވުމަށް، ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް، އިތުރު 1 ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުން ފާސްކުރެއްވުން.


ޖަލްސާއާއި ގުޅޭ ލިޔެކިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA