ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

3 ޖޫން 2024 14:45

ނަންބަރު

1

2024 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 1 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ 03 ޖޫން 2024 ގައި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އިންތިހާބުކުރެއްވުމާ ގުޅިގެން، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހޮވުމެވެ.

ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ފުރުސަތު ހުޅުވާލުމުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީގެ ނަންފުޅެވެ. މި ނަންފުޅަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ތާއީދުކުރެއްވެވިއެވެ. އިތުރު ނަންފުޅެއް ހުށަހެޅިފައިނުވާތީ، މި ނަންފުޅަށް ވޯޓަށް އެހުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވިވަޑައިގެންނެވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުކަމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.


އެއަށްފަހު، ނައިބު މުޤައްރިރަކަށް ނަންފުޅު ހުށަހެޅުއްވުމަށް ފުރުސަތު މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ހުށަހެޅުއްވެވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާންގެ ނަންފުޅެވެ. މި ހުށަހެޅުއްވުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ތާއީދުކުރެއްވިއެވެ. އިތުރު ނަންފުޅެއް ހުށަހެޅިފައިނުވާތީ، މި ނަންފުޅަށް ވޯޓަށް އެހުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ ގޮތުގައި ހޮވިވަޑައިގެންނެވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ  މުޤައްރިރުގެ ނައިބުކަމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA