ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

4 ޖޫން 2024 11:37

ނަންބަރު

2

މާލިއްޔަތު ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާއި އަދި އެނޫންވެސް ކަންކަމުގައި ކޮމިޓީން ޢަމަލުކުރާނެ ގޮތުގެ އުޞޫލު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، މިކަމާ ގުޅޭގޮތުން ކޮމިޓީ ސެކްރެޓޭރިއެޓުން ތައްޔާރުކޮށްފައިވާ އުޞޫލަކީ 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް ޢަމަލުކުރަމުންދިޔަ އުޞޫލުކަމަށްވުމާއެކު، އެ އުޞޫލަށް އިތުރު ބަދަލެއް ނުގެނެސް، ކޮމިޓީން އެ އުޞޫލަށް ޢަމަލުކުރުމަށް ނިންމުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ތަޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާއި އަދި އެނޫންވެސް ކަންކަމުގައި ކޮމިޓީން ޢަމަލުކުރާނެ ގޮތުގެ އުޞޫލު ކަނޑައެޅުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާއި އަދި އެނޫންވެސް ކަންކަމުގައި ކޮމިޓީން ޢަމަލުކުރާނެ ގޮތުގެ އުޞޫލު ކަނޑައެޅުއްވިއެވެ.


 އެއަށްފަހު، ކޮމިޓީގެ މެންޑޭޓްގެ ދަށުން ކޮމިޓީއަށް ހުށަހެޅޭ އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، މަޖިލީހުގައި ކޮންގްރެޝަނަލް ބަޖެޓް އޮފީހެއް ޤާއިމްކުރުމުން މި މަސައްކަތް އަވަސް ސްޕީޑެއްގައި ކުރެވޭނެކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމެނިގެން، ބަޖެޓް އޮފީސް ޤާއިމްކުރުމަށް ކުރަންޖެހޭ ދިރާސާތަކާއި އެހެނިހެން ކަންކަން ކުރިއަށް ގެންދެވުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވިއެވެ. މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތަޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ވޯޓުގެ ނަތީޖާ: މަޖިލީހުގައި ކޮންގްރެޝަނަލް ބަޖެޓް އޮފީހެއް ޤާއިމްކުރުމަށް ކުރަންޖެހޭ ދިރާސާތަކާއި އެހެނިހެން ކަންކަން ކުރިއަށް ގެންދެވުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މަޖިލީހުގައި ކޮންގްރެޝަނަލް ބަޖެޓް އޮފީހެއް ޤާއިމްކުރުމަށް ކުރަންޖެހޭ ދިރާސާތަކާއި އެހެނިހެން ކަންކަން ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

 

މީގެ އިތުރުން، ދިވެހިރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތާއި، ދަރަނިތައް މެނޭޖްކުރަމުންދާ ގޮތާއި، އެކަމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް، މިނިސްޓަރ އޮފް ފިނޭންސް ކޮމިޓީއަށް ޙާޒިރުކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވިއެވެ. މި ހުށަހަޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތަޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ވޯޓުގެ ނަތީޖާ: މިނިސްޓަރ އޮފް ފިނޭންސް ކޮމިޓީއަށް ޙާޒިރުކުރުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން 10 ޖޫން 2024 ގައި މިނިސްޓަރ އޮފް ފިނޭންސްއާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA