ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

3 ޖޫން 2024 14:50

ނަންބަރު

1

ޖުޑީޝިއަރީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވަނީ ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހޮވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ، އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ލީގަލް އެފެއާޒް ޑރ. އާމިނަތު އަޞްފާ ޝާފިޢީ އެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ކޮމިޓީގެ މުޤައްރިރުކަމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް އިންތިޚާބުކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ހުޅުދޫ ދާއިރާ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވުމުން، އެ ހުށަހެޅުއްވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުކަމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 11

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 11 

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.


އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް އިންތިޚާބުކުރެއްވިއެވެ.


އެއަށްފަހު، ކުރިއަށްގެންދިޔައީ ކޮމިޓީގެ މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް އިންތިޚާބުކުރެއްވުމަށް ބޭނުންފުޅުވާ މެންބަރެއްގެ ނަންފުޅު ނުވަތަ ނަންފުޅުތައް ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލުމުން 2 ހުށަހެޅުމެއް ހުށަހަޅުއްވާފައިވެއެވެ. އެއީ؛

1. ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އިންތިޚާބުކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ތާއީދު ލިބިފައެއްނުވެއެވެ. އަދި

2. ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އިންތިޚާބުކުރެއްވުމަށް ފެނިވަޑައިގަންނަވާކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވައި ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ތާއީދުކުރެއްވި ހުށަހެޅުން.

އެ ހުށަހެޅުންތަކުގެ ތެރެއިން ވޯޓަށް އަހާފައިވަނީ ތާއީދު ލިބިފައިވާ ހުށަހެޅުން ކަމުގައިވާ ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އިންތިޚާބުކުރެއްވުމަށް ހުށަހެޅުނު ހުށަހެޅުއްވުމަށެވެ. އެގޮތުން އެ ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އިންތިޚާބުކުރެއްވުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 11

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 11 

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.


އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް އިންތިޚާބުކުރެއްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA