ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

3 ޖޫން 2024 16:00

ނަންބަރު

1

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު އިންތިޚާބުކުރުމެވެ. މި މަސައްކަތް ކުރިއަށްގެންގޮސްދެއްވީ، ޑިރެކްޓަރ، އާއިޝަތު ފަޒްލާއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ މެންބަރެއްގެ ނަމެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، ކޮމިޓީގެ މުޤައްރިރުކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އިންތިޚާބުކުރުމަށް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ހުށަހަޅުއްވައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: ކޮމިޓީގެ މުޤައްރިރުކަމަށް ނިލަންދޫ ދާއިރާ މެންބަރު ފާޠިމަތު ސަޢުދާ އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވި


އެއަށްފަހު، ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ މެންބަރެއްގެ ނަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، ކޮމިޓީގެ މުޤައްރިރުގެ ނައިބު ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު އިންތިޚާބުކުރުމަށް، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ހުށަހަޅުއްވައި، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: ކޮމިޓީގެ މުޤައްރިރުގެ ނައިބު ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވި


އެއަށްފަހު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ މަސައްކަތްތަކާއި، 20 ވަނަ މަޖިލީހުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތެއް ކޮމިޓީގެ މުޤައްރިރު ކޮމިޓީގެ އިދާރީ މުވައްޒަފުންގެ ފަރާތުން ސާފުކުރެއްވިއެވެ. އަދި، ދެން އޮންނަ ކޮމިޓީގެ ބައްދަލުވުމެއްގައި އެ މަޢުލޫމާތު ތަކާއެކު، ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ނިންމެވިއެވެ.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA